
ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ދޯނި އެހެލާ ސަރަޙައްދާއި ފަތާ ސަރަޙައްދު ތަރައްޤީ ކުރަން ހަވާލުކޮށްފި
# ނ ލަންދޫ-
ނ ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ދޯނި އެހެލާ ސަރަޙައްދާއި ފަތާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ ގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އިސްމާޢިލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފް އެވެ.
މި މަޝްރޫޢުގެ ދަށުން، 24,800 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 320 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 420 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 47.86 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ގުޅުންހުރި

ލަންދޫގައި ހުމެއް ފެތުރި ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރަން އެޗްޕީއޭއިން ލަފާދީފި

ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ދޯނި އެހެލާ ސަރަޙައްދާއި ފަތާ ސަރަޙައްދު ތަރައްޤީ ކުރަން ހަވާލުކޮށްފި

ލަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި




