
-
ނ ލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ލަންދޫ (އެފްއާރުސީ) އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ކެބިނެޓުގެ އެހެން ވަޒީރުންނާއި، އެ ރަށު ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ލަންދޫގައި ގާއިމުކުރާ މި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ އެރަށް ހިމެނޭ ދާއިރާ، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މަނަދޫގައި ޤާއިމްކުރާ އެފްއާރުސީގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.
ނ. މަނަދޫ އެފްއާރުސީއަކީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރެވިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ގުޅުންހުރި

ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ދޯނި އެހެލާ ސަރަޙައްދާއި ފަތާ ސަރަޙައްދު ތަރައްޤީ ކުރަން ހަވާލުކޮށްފި

ލަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ލަންދޫ ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ މަޝްރޫއު މިއަހަރު ފަށާނަން - ރައީސް

.gif&w=3840&q=75)



