logoEN
PNC TOP 3
ބޮޑުފުޅަދޫ ސިއްހީމަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

ބޮޑުފުޅަދޫ ސިއްހީމަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

3/12/2026, 5:37:09 PM

# ހެލްތު މިނިސްޓްރީ

-

އއ. ބޮޑުފުޅަދޫ ސިއްހީމަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

PNC MID 2

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ލައިކަން ޕްރައިވެޓް ލިމިޓެޑް އަށެވެ.

މިއެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ގާސިމް އެވެ. އަދި ލައިކަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އައިމަން އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސްކޯޕް ގައި އޮފީސް، ޕަބްލިކް ހެލްތު ޔުނިޓް، ލެބޯޓްރީ، މީޓިންގ ހޯލް، ލޯންޑްރީ، މެޑިކަލް އަދި ޖެނެރަލް ސްޓޯސް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC