logoEN
PNC TOP 3
ގްރީޒްމަން އެތްލެޓިކޯ ދޫކޮށް ޖުލައި މަހު  އޯލަންޑޯ ސިޓީއަށް ބަދަލުވަނީ

ގްރީޒްމަން އެތްލެޓިކޯ ދޫކޮށް ޖުލައި މަހު އޯލަންޑޯ ސިޓީއަށް ބަދަލުވަނީ

ހަސަން ޝަމްއޫން

logo

3/25/2026, 4:28:24 AM

# ބޭރު ދުނިޔޭގެ ކުޅިވަރު

އެންޓޮއިން ގްރީޒްމަން

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް، އެންޓުއާން ގްރީޒްމަން، މި ސީޒަން ނިމުމުން އެމެރިކާ މޭޖާރ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބް އޯލަންޑޯ ސިޓީ އަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

PNC MID 2

އުމުރުން 34 އަހަރުގެ ގްރީޒްމަން، ޖެނުއަރީ މަހުން ފެށިގެން އައީ އެމްއެލްއެސްގެ ކްލަބް، އޯލަންޑޯ ސިޓީއާކު ވާހަަކަ ދައްކަމުންނެވެ. ނަމަވެސް ފަހު ވަގުތު ގްރީޒްމަން ނިންމީ އެތުލެޓިކޯގައި މަޑުކުރުމަށެވެ. އެކަމަކު، ގްރީޒްމަން މިހާރު މި ވަނީ، އެތުލެޓިކޯއާ އެކު އޮތް އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ނިންމާލައި، ޖުލައި އެއް ވަަނަ ދުވަހު، އޯލަންޑޯ އަށް ބަދަލުވުމަށް އެކުލަބާއެކު އެއްބަަސްވުމުގައި ސޮއިކޮށްފަ އެވެ.

ޖެނުއަރީ ޓްރާންސްފާގައި، ގްރީޒްމަން، އޯލަންޑޯ އަށް ބަދަލުނުވީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯއާ އެކު ކާމިޔާބު ހޯދުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެ ކްލަބްގައި ހުންނަން ބޭނުންވުމުންނެވެ.

މީގެ ކުރިން ރެއާލް ސޮސިއެޑާޑްގެ އިތުރުން ބާސެލޯނާއަށް ވެސް ކުޅުނު ގްރީޒްމަން އަކީ އެތުލެޓިކޯގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެތުލެޓިކޯ އަށް މިހާތަނަށް ކުޅުނު 488 މެޗުން ގްރީޒްމަން ވަނީ އެ ޓީމަށް 211 ލަނޑު ޖެހުމުގެ އިތުރުން އިތުރު، 97 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

2014 ވަނަ އަހަރު ރެއާލް ސޮސިއެޑާޑް ދޫކޮށް އެތްލެޓިކޯ މެޑްރިޑަށް ބަދަލުވި ގްރީޒްމަން 2019 ވަނަ އަހަރު ވަނީ ވާދަވެރި ބާސެލޯނާއަށް ބަދަލުވެފައެވެ. އަދި ބާސެލޯނާގައި ދެ އަހަރު ހޭދަކުރުމަށްފަހު ގްރީޒްމަން އެނބުރި އެތުލެޓިކޯ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ.

މީގެ އިތުރުން އެތުލެޓިކޯއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ގްރީޒްމަން ވަނީ ފްރާންސްއާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާއި ހަމައަށް ފުރާންސް ގައުމީ ޓީމަށް 137 މެޗު ކުޅެ 44 ލަނޑު ކާމިޔާބޮށްދީފައިވާއި ގްރީޒްމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC