logoEN
PNC TOP 3
ސުލްހަވުމަށް އެމެރިކާއިން އިރާނަށް ޕްރޮޕޯސަލް ހުށަހެޅީ ޕާކިސްތާނު މެދުވެރިކޮށް!

ސުލްހަވުމަށް އެމެރިކާއިން އިރާނަށް ޕްރޮޕޯސަލް ހުށަހެޅީ ޕާކިސްތާނު މެދުވެރިކޮށް!

އަހުމަދު ޝުރާއު

logo

3/24/2026, 10:07:21 PM

# އިރާން

އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަށް ދޭން ފެށި ހަމަލާތަކާއިއެކު މެދުއިރުމަތީގައި ފެށުނު ހަނގުރާމަ ހުއްޓާލައި އިރާނާއިއެކު ސުލްހަ ވުމަށް އެމެރިކާއިން ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންކުރީ ޕާކިސްތާނުގެ އެހީ ކަން ހާމަވެއްޖެ އެވެ.

PNC MID 2

ރޮއިޓާސްއިން ރިޕޯޓުކުރާ ގޮތުގައި ޓްރަމްޕުގެ އެންގުމަށް މިއަދުގެ ވަގުތެއްގައި އެމެރިކާގެ އޮފިޝަލުން ވަނީ ޚާއްސަ ޗެނަލްތައް މެދުވެރިކޮަށް އިރާނާއިއެކު ސުލްހަވުމަށްޓަކައި 15 ނުކުތާގެ ޚާއްސަ ޕްރޮޕޯސަލްއެއް އިރާނުގެ ސަރުކާރަށް ހުށަހަޅާފައި އެވެ. އެގޮތުން ބޭނުންކުރި ޚާއްސަ ޗެނަލަކީ ޕާކިސްތާނުގެ ސަރުކާރުކަން ރޮއެޓާސްއިން ވަނީ ކަށަވަރުކޮށްފައެވެ.

އެމެރިކާއިން އިރާނާއިއެކު ޑީލެއް ހެދުމަށްޓަކައި ޚާއްސަ ޕްރޮޕޯސަލްއެއް އެކުލަވާލަމުންދާކަން އެންމެ ފުރަތަމަ ހާމަކުރީ އެމެރިކާގެ އިސް ދެ އޮފިޝަލަކަށާއި ހަވާލާދީ އެމެރިކާގެ ނިއު ޔޯކް ޓައިމްސްއިންނެވެ. އެގޮތުން ނިއު ޔޯކް ޓައިމްސްއިން ވަނީ މި ޕްލޭނަކީ ޓްރަމްޕުގެ ޚާއްސަ އެންގެވުމަށް ފަރުމާކުރަމުންދާ ޑީލެއްކަން ހާމަކޮށްފައެވެ.

މި ޚާއްސަ ޕްރޮޕޯސަލްގައި ހިމެނޭ 15 ނުކުތާއަކީ:

  1. އީރާނުން ނިއުކްލިއާ ގާބިލްކަން ރޫޅާލުން
  2. އިތުރަށް ނިއުކްލިއާ ހަތިޔާރު ނުގެންގުޅުމަށް އީރާނުން ވައުދުވުން
  3. އީރާނުން އިތުރު ނިއުކްލިއާ މާއްދާއެއް ފައްކާ ނުކުރުން
  4. އިރާނާއި އެމެރިކާ އަދި އިޒްރޭލުން ކަނޑައަޅާ ޚާއްސަ ޝެޑިއުލެއްގެ ދަށުން އިރާނުން ފައްކާކޮށްފައި ހުރި ހުރިހާ ޔޫރޭނިއަމް އެގައުމުގެ ސަބާ އަވަށަށް ގެނައުން
  5. އިރާނުގެ ނިއުކްލިއާ މައި ތިން ފެސިލިޓީ ކަމަށްވާ ނަތަންޒް، އިސްފަހާން އަދި ފޯޑޯ ނިއުކްލިއާ ފެސިލިޓީ އެއްކޮަށް ރޫޅާލުން
  6. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ހުރިހާ މައުލޫމާތެއް ދުނިޔޭގެ އެޓޮމިކް އެނާޖީ އެޖެންސީއަށް ލިބޭ ގޮތް ހެދުން
  7. އީރާނުން ޕްރޮކްސީ މޮޑެލް ދޫކޮށްލުން
  8. އީރާނުން އެ ސަރަހައްދުގައި ޕްރޮކްސީތަކަށް ފަންޑުކުރުމާއި ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުން
  9. ސްޓްރެއިޓް އޮފް ހޯރްމުޒް ހުޅުވައި މިނިވަން ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި އެތަން ކަނޑައަޅައި ކުރިއަށް އޮތްތަނުގައި ވެސް އެތަން އެގޮތަށް ބޭއްވުން
  10. އީރާނުން އެގައުމުގެ މިސައިލްތަކުގެ އަދަދު މަދުކޮަށް ދުރުރާސްތާ މިސައިލް އުފެއްދުން ހުއްޓާލުން
  11. އީރާނުގެ އަމިއްލަ ދިފާއުގައި ނޫން ގޮތަކަށް މިސައިލްތައް ބޭނުން ނުކުރުން
  12. އެމެރިކާއިން އީރާނާއި މެދު އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާން އެއްބަސްވުން
  13. ބުޝެހްރުގައި މަދަނީ ނިއުކްލިއާ މަޝްރޫއެއް ތަރައްގީކުރުމުގައި އީރާނަށް އެހީތެރިވެދިނުން
  14. އީރާނަށް އޮތް ސްނެޕްބެކް އިންޒާރު ނައްތާލުން

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެމެރިކާގެ މި ނިންމުމާއި އިޒްރޭލުން ދެކޮޅު ކަމަށާއި މިއީ އެމެރިކާއިން އަވަސް އަރުވާލައިގެން ހަދާ " ގޯސް " ޑީލެއް ކަމަށް އިޒްރޭލުގެ އޮފިޝަލުން ވަނީ އެމެރިކާއަށް އަންގާފައި އެވެ.

އެގޮތުން އިޒްރޭލުން ސިފަކުރަނީ މިފަދަ ޑީލަކަށް އަތުވެއްޖެ ނަމަ އެއީ އިރާނަށް ލިބިގެންދާނެ ބޮޑު މޮޅެއްގެ ގޮތުގައި ކަމަށްވެސް އިޒްރޭލުގެ މީޑިއާތަކުން އަންނަނީ ސިފަކުރަމުންނެވެ.

އިރާނަށް ހުށަހެޅި ޕްރޮޕޯސަލްއަށް އިރާނުން އެއްވެސް ހާލަތެއްގައި އެއްބަސްނުވާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ވަކީން ޚާއްސަކޮށް އެގައުމުން ފައްކާކޮށްފައި ހުރި ޔޫރޭނިއަމް އެމެރިކާއާއި އިޒްރޭލާއި ހަވާލުކުރުމާއި އިރާނުގެ ޒަމާންވީ ބޮޑު ތިން ނިއުކްލިޔާ ފެސިލިޓީތައް ރޫޅާލުމުގެ އިތުރުން ހޯރްމުޒް ކަނޑުއޮޅިއަކީ މިނިވަން ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމުގެ މާއްދާގެ އިތުރުން މިސައިލްތަކުގެ އަދަދު ހާމަކުރުމާއި މިސައިލް އުފެއްދުން ހުއްޓާލުމަށް ހުރި ނުކުތާތަކަކީ އިރާނުން އެއްވެސް ހާލަތެއްގައި އެއްބަސްނުވާނެ ނުކުތާތަކެއްގެ ގޮތުގައި މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC