
ޓްރަމްޕަށް ގޮތް ހުސްވަނީ: ވީ އެންމެ އަވަހަކަށް ހަނގުރާމަ ހުއްޓާލުމަށް އިރާނާއިއެކު ޑީލެއް ހެދޭތޯ އެމެރިކާ އަވަދިނެތި!
# އިރާންއެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަށް ދޭން ފެށި ހަމަލާތަކާއިއެކު މެދުއިރުމަތީގައި ފެށުނު ހަނގުރާމަ ހުއްޓާލުމަށް ޑްރާފްޓު އެއްބަސްވުމެއް އެމެރިކާއިން އެކުލަވާލަމުންދާކަން ހާމަވެއްޖެ އެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ އިތުބާރުހުރި މަސްދަރުތަކުން ރިޕޯޓުކުރާ ގޮތުގައި އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމަ ހުއްޓާލެވޭނެ ގޮތެއް ނެތި އެންމެ ފަހުން އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ފަރުމާކުރަން ފަށާފައި އެވެ. އެގޮތުން މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮތް ހުސްވެ ދުނިޔޭގެ އިގްތިސޯދަށް އަންނަ ލޮޅުންތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.
އެގޮތުން އީރާނާއެކު ހަލުވި "ޑީލަކަށް" އައުމަށް އެމެރިކާގެ އޮފިޝަލުންނަށް ޓްރަމްޕު އިރުޝާދު ދީފައިވާ ކަމަށާއި އެކަމަށްޓަކައި ފްރޭމްވޯމެއް ތައްޔާރުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަން ވަނީ ހާމަވެފައި އެވެ. މިގޮތުން އެއް މަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅައި، އޭގެ ފަހުން ހަރުކަށި ނިއުކްލިއާ ހުރަސްތަކެއް އެޅުމުގެ މަގުސަދުގައި 15 ނުކުތާގެ ޕްލޭނެއް އެކުލަވާލަމުންދާކަމަށްވެސް ވެއެވެ.
އެ ނުކުތާތަކުގެ ތެރޭގައި އިރާނުން ޔޫރޭނިއަމް ފައްކާކުރުން ނިމުމަކަށް ގެނައުމާއި އެފަދަ ފެސިލިޓީތައް އެއްކޮށް ބަންދުކުރުމުގެ އިތުރުން އެމެރިކާއިން އިރާނާއި މެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި މަދަނީ ނިއުކްލިއާ މަޝްރޫއުތަކަށް އެހީތެރިވުމުގެ މަސައްކަތް ކުރުން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ޓްރަމްޕުގެ މި ނިންމުމާއި އިޒްރޭލުން ދެކޮޅު ކަމަށާއި މިއީ އެމެރިކާއިން އަވަސް އަރުވާލައިގެން ހަދާ " ގޯސް " ޑީލެއް ކަމަށް އިޒްރޭލުގެ އޮފިޝަލުން އެމެރިކާއަށް އަންގާފައިވާކަމަށްވެސް އިޒްރޭލުގެ މީޑިއާތަކުން ވަނީ ބުނެފައި އެވެ. އެގޮތުން އިޒްރޭލުން ސިފަކުރަނީ މިފަދަ ޑީލަކަށް އަތުވެއްޖެ ނަމަ އެއީ އިރާނަށް ލިބިގެންދާނެ ބޮޑު މޮޅެއްގެ ގޮތުގައި ކަމަށްވެސް އިޒްރޭލުގެ މީޑިއާތަކުން އަންނަނީ ސިފަކުރަމުންނެވެ.
ގުޅުންހުރި

އައިއާރްޖީސީގެ މެސެޖު އަރަބި ގައުމުތަކަށް: އެމެރިކާގެ މަރުކަޒުތަކުން ވާނެ ފައިދާއެއް ނެތް، އިޒްރޭލުން ތިގައުމުތަކަށް ހަމަލާދީފި ނަމަ އެމެރިކާއިން އެހީ ނުވާނެ!

ކެސްޕިއަން ކަނޑުގައި ގާއިމްކޮށްފައިވާ އިރާނާއި ރަޝިޔާގެ ސަޕްލައި ލައިނަކަށް އިޒްރޭލުން ހަމަލާދީފި

ކުވެއިތު އެއާޕޯޓުގެ ފިއުލް ޓޭންކަކަށް އިރާނުގެ ޑްރޯން ހަމަލާއެއް އަމާޒުވެ ރޯވެ އަނދަނީ

.gif&w=3840&q=75)



