
އިރާނުގެ ޔޫރޭނިއަމް ފައްކާ ކުރާ ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާއެއް އަމާޒުވެފައިވާކަމަށް ބުނެފި އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން ބުނީ ބުޝެހްރު ނިއުކްލިއާ ފެސިލިޓީގެ ގޯތިތެރެއަށް ހަމަލާއެއް އަމާޒުވިކަން އީރާނުން އަންގާފައިވާ ކަމަށެވެ.
އައިއޭއީއޭ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހަމަލާގައި އެ ފެސިލިޓީއަށް އެއްވެސް ގެއްލުމެއް ނުވަތަ މުވައްޒަފުންނަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ޕްލާންޓުގެ ހާލަތު އަދިވެސް އޮތީ ރަނގަޅަށް ކަމުގައި އިރާނުން އެއިދާރާއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އައިއޭއީއޭގެޑިރެކްޓަރު ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ ވަނީ ހަމަނުޖެހުންތަކުގެ ތެރޭގައި ނިއުކްލިއާ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށްވެސް ގޮވާލާފައި އެވެ.
އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަށް ހަމަލާދޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. މިއާއިއެކު ބަލަން ނުތިބެ، އިރާނުން ވަނީ ރައްދު ހަމަލާތައް ދޭން ފަށާފައި އެވެ. އެގޮތުން އިރާނުން ދަނީ ހުއްޓުމެއްނެތި އިޒްރޭލުގެ ސަރަހައްދުތަކަށާއި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
އެމެރިކާއިން ބުނާގޮތުގައި އިރާނަށް ހަމަލާދޭން ފެށީ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމުގެ ސާބިތު ހެކި ހުރުމުންނެވެ. ނަމަވެސް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީންވެސް ވަނި އިރާނުގައި ނިއުކްލިއާ ހަތިޔާރު ނެތްކަމުގައި ޔަގީންކަން ދީފައި އެވެ.
ގުޅުންހުރި

އައިއާރްޖީސީގެ މެސެޖު އަރަބި ގައުމުތަކަށް: އެމެރިކާގެ މަރުކަޒުތަކުން ވާނެ ފައިދާއެއް ނެތް، އިޒްރޭލުން ތިގައުމުތަކަށް ހަމަލާދީފި ނަމަ އެމެރިކާއިން އެހީ ނުވާނެ!

ކެސްޕިއަން ކަނޑުގައި ގާއިމްކޮށްފައިވާ އިރާނާއި ރަޝިޔާގެ ސަޕްލައި ލައިނަކަށް އިޒްރޭލުން ހަމަލާދީފި

ކުވެއިތު އެއާޕޯޓުގެ ފިއުލް ޓޭންކަކަށް އިރާނުގެ ޑްރޯން ހަމަލާއެއް އަމާޒުވެ ރޯވެ އަނދަނީ

.gif&w=3840&q=75)



