logoEN
PNC TOP 3
އަލަށް ގާއިމްކުރާ ޕަބްލިކް ވަރކްސް ޔުނިޓްތަކަށް ވަސީލަތްތައް ހޯދުަމަށް 9 މިލިއަން ޑޮލަރު ހޭދަވާނެ - އާދަމް ޝަރީފް

އަލަށް ގާއިމްކުރާ ޕަބްލިކް ވަރކްސް ޔުނިޓްތަކަށް ވަސީލަތްތައް ހޯދުަމަށް 9 މިލިއަން ޑޮލަރު ހޭދަވާނެ - އާދަމް ޝަރީފް

އަހުމަދު ޝުރާއު

logo

3/24/2026, 10:15:44 AM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

-

އަތޮޅުތަކުގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ޤާއިމު ކުރާ ރަށްތަކާއި، އެ ތަންތަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްކުގެ އަދާހަމަ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރު ހިއްސާކުރައްވައިފިއެވެ.

PNC MID 2

މިނިސްޓަރ މި މަޢުލޫމާތު ހިއްސާކުރެއްވީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

ޖުމްލަ 19 އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ގާއިމްކުރަން ވަނީ ނިންމާފައެވެ. 19 ރީޖަނަލް ޔުނިޓަށާއި 4 މޮބައިލް ޔުނިޓަށް ބޭނުންވާ މެޝިނަރީޒާއި، އިކްއިޕްމަންޓް ހޯދުމަށް ޔޫ.އެސް.ޑީ 9،130،173.36 (ނުވަ މިލިޔަން އެއްލައްކަ ތިރީސްހާސް އެއްސަތޭކަ ހަތްދިހަ ތިންޑޮލަރު ތިރީސް ހަ ސެންޓް) ޚަރަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕަބްލިކް ވަރކްސް ޔުނިޓުތައް ގާއިމްކުރާ ރަށްތަކަކީ:

ހއ. ދިއްދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ގަން އަދި ގއ. ވިލިނގިލި އެވެ.

މި ޔުނިޓްތަކަށް 456 މުވައްޒަފަކު ނެގުމަށް ވަނީ ނިންމާފައެވެ. އެއީ 19 ޕަބްލިކް ވަރކްސް ޔުނިޓަށް 456 މުވައްޒަފުން، 4 މޯބައިލް ޔުނިޓަށް 60 މުވައްޒަފުންނެވެ. މީގެ ތެރެއިން މިހާތަނަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން އެޕްރޫވަލްކޮށްފައި ވަނީ 141 މަގާމެވެ.

ފިނޭންސް އިން އެޕްރޫވް ވެފައިވާ ރަށްތަކާއި މަގާމުތައް

ހއ. ދިއްދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު، ނ. މަނަދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު، އދ. މަހިބަދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 22 މަޤާމު، ވ. ފެލިދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު، ތ. ވޭމަންޑޫ ޕަބްލިކް ވަރކްސް ޔުނިޓަށް 23 މަޤާމު، ގއ. ވިލިނގިލި ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމެވެ.

މިނިސްޓަރ ވިދާޅުވީ، އޮފީސް ޢިމާރާތާއި، ގަރާޖުފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓާއެކު ފިނޭންސަށް މިހާރު ހުށަޅާފައިވާ ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC