
ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒުކުރުމަށް ސިޓީސް މިނިސްޓްރީއާއި އެންޑީއެމްއޭއާއި ދެމެދު އެއްބަސްވުމެއް!
# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ-
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ ސިޓީސް މިނިސްޓްރީއާ، އެންޑީއެމްއޭ 2025 ޑިސެންބަރު 10 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ފަދައިން، އެންޑީއެމްއޭއިން ކުރިއަށްގެންދާ ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒުކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ސޮއިކުރެވުނު ފަހުމުނާމާއެކެވެ.
މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުއުމިނާ ވަޙީދެވެ. އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކިޓިވް ހިސާން ޙަސަންއެވެ.
މި ފަހުމުނާމާގައިވާ ގޮތުން ސިޓީތަކާއި، އަތޮޅުތަކުގައި ރަށު ފެންވަރުގައި ހިންގާ ވޯކްޝޮޕްތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި، ކޮމިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމްތަކުގެ ތަމްރީނާއި، ޓީމްތައް އެކުލަވައިލުމުގެ މަސައްކަތްތަކުގައި މިނިސްޓްރީގެ އެއްބާރުލުމާއި، އެހީތެރިކަން ދޭގޮތަށް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގައި ހިމެނޭ ކަންކަން ވިލަރެސްކުރުމަށް ޓަކައި ދެ މުއައްސަސާސިން ވެސް ފޯކަލް ޕޮއިންޓެއް ކަނޑައަޅައި ގޮތަށް ހަމަޖެހިފައި ވެއެވެ.
ގުޅުންހުރި

އަލަށް ގާއިމްކުރާ ޕަބްލިކް ވަރކްސް ޔުނިޓްތަކަށް ވަސީލަތްތައް ހޯދުަމަށް 9 މިލިއަން ޑޮލަރު ހޭދަވާނެ - އާދަމް ޝަރީފް

ޕީއެސްއައިޕީގެ ދަށުން ޢިމާރާތްކުރާ 6 ކައުންސިލެއްގެ މަސައްކަތް ނިމިއްޖެ

14 ރަށެއްގައި ޕާކް ގާއިމުކުރުމަށް ބޭނުންވާ ޕާކު ސެޓްތައް ފޮނުވަން ފަށައިފި

.gif&w=3840&q=75)



