logoEN
WAMCO TOP 1
މީއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ރޭންޖާރސް އިން ހޯދައިފި

މީއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ރޭންޖާރސް އިން ހޯދައިފި

ހަސަން ޝަމްއޫން

logo

3/23/2026, 11:31:36 PM

# ކ.ކާށިދޫ# މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026# ދިވެހި ކުޅިވަރު

ޕާމް ރޭންޖާރސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..

ކ.ކާށިދޫގައި މިހާރު ކުރިއަށްދާ މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ނުވަދިހަ އަށެއް ބަލިކޮށް ޕާމް ރޭންޖާރސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

THE TRAVELLER AD

މުބާރާތުގެ ފައިނަލުން ޕާމް ރޭންޖާރސް ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 4-2 ގެ ނަތީޖާއަކުން ފްލަޔާރސް ބަލިކުރުމަށްފަހު އެވެ. އަދި ނުވަދިހަ އަށެއް ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ޓައިޓަން ބަލިކުރުމަށްފަހު އެވެ.

ކާށިދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު ޕާމް ރޭންޖާރސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަބާން މުހައްމަދު އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަހުމަދު ނިސާހް އެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ނުވަދިހަ އަށަކުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ހައިސަމް އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރޭންޖާރސްގެ ހުސެއިން ޒާހިރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޕާމް ރޭންޖާރސް ކުރީގައި އޮވެެގެންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޭންޖާރސްގެ ހުސެއިން ޒާހިރު އެވެ.

19 މާރިޗް 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި، މުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.

މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

ކޮމެންޓް
ފަހުގެ
HDC