
-
މަސްތުވާތަކެތީގެ މައްސަލައެއްގައި ލ.ހިތަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ހިތަދޫ / މުރިގު، ޙަސަން ސަހުމީނު (22އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 19 ވަނަ ދުވަހު ހިތަދޫ ޕޮލިހުން ހިންގި އޮޕަރޭޝަނުގައެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 25 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޙަސަން ސަހުމީނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިތަދޫއިން ޒުވާނަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި

ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓުވެއްޖެ: އެކަކަށް ފަރުވާދެނީ

.gif&w=3840&q=75)



