logoEN
PNC TOP 3
ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓުވެއްޖެ: އެކަކަށް ފަރުވާދެނީ

ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓުވެއްޖެ: އެކަކަށް ފަރުވާދެނީ

އަހުމަދު ޝުރާއު

logo

3/21/2026, 7:26:57 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

އެމް.ޕީ.އެލް އާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

PNC MID 2

ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެ އަކު ވިދާޅުވީ އެމް.ޕީ.އެލް އާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު، 2026 މާރިޗު 21 ވަނަ ދުވަހުގެ ހެނދުނު 10:39 އެހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުން ކަމަށާއި ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގި އިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން 3 ފަޅުވެރިންނެވެ.

މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC