logoEN
PNC TOP 3
 ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެމީހަކު ގެއްލިގެން ހޯދަނީ

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެމީހަކު ގެއްލިގެން ހޯދަނީ

އަހުމަދު ޝުރާއު

logo

3/19/2026, 10:04:16 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

ވ ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެމީހަކު ގެއްލިގެން ހޯދަމުންދާކަން ފުލުހުން ހާމަކޮށްފި އެވެ.

PNC MID 2

ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެއަކު ބުނީ ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ފަސް މީހުން ދަތުރުކުރަމުން ދިޔަކަމަށާއި އަދި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ގެއްލިގެން ހޯދަމުންދާ ދެމީހުން ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ އިތުރުން ވ އަތޮޅުގެ ބައެއް ރަށްތަކުގެ ރައްޔިތުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ލޯންޗުގައި ތިބީ ދިވެހީން ކަމެއް ނުވަތަ ބިދޭސީން ކަމެއް އަދި މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC