logoEN
PNC TOP 3
އިތުރު 14 ރަށަކަށް އެމްބިއުލާންސް ޙަވާލުކޮށްފި

އިތުރު 14 ރަށަކަށް އެމްބިއުލާންސް ޙަވާލުކޮށްފި

އަހުމަދު ޝުރާއު

logo

3/10/2026, 8:29:20 AM

# ހެލްތު މިނިސްޓްރީ

-

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ޙަވާލުކޮށްފިއެވެ.

PNC MID 2

ސިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިރަށްތަކަށް އެމްބިއުލާންސްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހްމަދު ޤާސިމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުން އަހުމަދު ޤާސިމްވަނީ ސަރުކާރުން ޞިއްޙީ ދާއިރާ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތްތައް ފާހަގަކޮށް، ޝުކުރުއަދާކުރައްވާފައެވެ.

މިއަހަރު ޖެނުއަރީ މަސްތެރޭގައި ވެސް 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވަނީ ހަވާލުކުރެވިފައެވެ. އަދި އިތުރު އެމްބިއުލާންސް މިއަހަރުތެރޭގައި ހަވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ (މެއިންޓެނެންސް) މަސައްކަތްކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އެކު ހެލްތު މިނިސްޓްރީން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC