logoEN
PNC TOP 3
އިރާނުން މިރޭ ދިން ހަމަލާއަކީ މިފަހަކުން ދިން އެންމެ ގެއްލުން ބޮޑު ހަމަލާ: 100 އަށްވުރެ ޔަހޫދީން ޒަހަމްވެ 6 ޔަހޫދީއަކު މަރުވި ކަމުގެ ރިޕޯޓު!

އިރާނުން މިރޭ ދިން ހަމަލާއަކީ މިފަހަކުން ދިން އެންމެ ގެއްލުން ބޮޑު ހަމަލާ: 100 އަށްވުރެ ޔަހޫދީން ޒަހަމްވެ 6 ޔަހޫދީއަކު މަރުވި ކަމުގެ ރިޕޯޓު!

އަހުމަދު ޝުރާއު

logo

3/21/2026, 11:07:51 PM

# އިރާން

--

އިރާނުން މިރޭ އިޒްރޭލަށް ދިން ކާމިޔާބު ވަރުގަދަ ހަމަލާގައި މިހާތަނަށް 6 ޔަހޫދީއަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

PNC MID 2

މެދުއިރުމަތީގެ ހަބަރުތައް އެންމެ ތާޒާކަމާއިއެކު ގެނެސްދޭ އެއް އޭޖެންސީ ކަމަށްވާ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި މިރޭ އިޒްރޭލުގެ އާބާދީ ބޮޑު ސަރަހައްދަކަށް އިރާނުގެ ބާރުގަދަ މިސައިލްތަކުން ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ ޔަހޫދީން ވަނީ ޒަހަމްވެފައި އެވެ. އަދި މިހާތަނަށް މަރުވި ޔަހޫދީންގެ އަދަދު ވަނީ 6 އަށް އަރާފައި އެވެ.

ނަމަވެސް މި ހަމަލާއި ގުޅިގެން އަދި މިހާތަނަށް ޔަހޫދީ ސަރުކާރުން މިކަން ރަސްމީކޮށް ކަށަވަރުކޮށްނުދެއެވެ.

އިރާނުން މިރޭ ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ އިޒްރޭލުގެ ނިއުކްލިއާ ފެސިލިޓީއެއް ހުންނަ ދިމޯނާ އާއި އަރާދަށެވެ. މި ހަމަލާއާއި ގުޅިގެން އެސަރަހައްދަށް ހީވެސް ނުކުރާ ފަދަ ބޮޑު ގެއްލުންތަކެއް ވެފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މިހާރު އަންނަނީ އާންމުވަމުންނެވެ.

މި ހަމަލާއާއި ގުޅިގެން އިރާނުގެ އައިއާރްޖީސީން ބުނީ އެމެރިކާއާއި އިޒްރޭލުގެ އަމާޒުތަކަށް ދެމުންދާ ހަމަލާތަކުގެ 71 ވަނަ ރާޅު މިރޭ ކާމިޔާބު ކަމާއިއެކު ފޮނުވާލާފައިވާ ކަމަށާއި މިއީ ހަނގުރާމަ ފެށުނު ފަހުންވެސް އިރާނުން އިޒްރޭލަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށާއި މި ހަމަލާގައި އިޒްރޭލުގެ 200 އަށްވުރެ ގިނަ ޔަހޫދީން ޒަހަމްވެފައިވާ ކަމަށެވެ.

އަދި މި ހަމަލާގައި ބޭނުންކޮށްފައިވަނީ 450 ކިލޯގެ ވޯހެޑްގެ މިސައިލްތަކެއް ކަމަށާއި އޭގެ ތެރޭގައި ހިމެމެނީ ފަތެހް، އިމްދް އަދި ގަދްރު މިސައިލްތައް ކަމަށެވެ. މި މިސައިލްތަކުގެ ތެރޭގައި ހިމެނޭ ފަތެހް މިސައިލްއަކީ އިރާނުގެ އެންމެ ދުވެލި ބާރު ހައިޕަރސޮނިކް މިސައިލެވެ.

މި ހަމަލާއާއި ގުޅިގެން މުޅި އިޒްރޭލު ހުއްޓުމަކަށް އައިސްފައިވާއިރު ކާމިޔާބު ކަމާއިއެކު އަމާޒުވި ދެ މިސައިލް ނުހުއްޓުވުނު ސަބަބު ދެނެގަތުމަށް އިޒްރޭލު އަސްކަރިއްޔާގެ އެތެރޭގެ ތަހުގީގެއްވެސް ވަނީ ފަށާފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC