logoEN
PNC TOP 3
އިރާނުގެ ނިއުކްލިއާ ފެސިލިޓީއަކަށް އެމެރިކާއާއި އިޒްރޭލުން ބޮން އަޅައިފި

އިރާނުގެ ނިއުކްލިއާ ފެސިލިޓީއަކަށް އެމެރިކާއާއި އިޒްރޭލުން ބޮން އަޅައިފި

އަހުމަދު ޝުރާއު

logo

3/21/2026, 9:09:43 AM

# އިރާން

އިރާނުގެ ނިއުކްލިއާ ފެސިލިޓީއަކަށް އެމެރިކާއާއި އިޒްރޭލުން ބޮން އަޅައިފި އެވެ.

PNC MID 2

އިރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކުރަމުންދާގޮތުގައި ނަތަންޒްގައި ހުންނަ ޝާހިދު އަހުމަދީ ރޯޝަން އެންރިޗްމަންޓް ކޮމްޕްލެކްސްއަށް އެމެރިކާއާއި އިޒްރޭލުން ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

މިކަން ދާދި ދެންމެ އަކު އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.

އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން ނެރުނު ކުރު ބަޔާނެއްގައި ބުނީ ނަތަންޒްގައި ހުންނަ ޔޫރޭނިއަމް އުފައްދާ ފެސިލިޓީއަށް ދިން ހަމަލާއަކީ ނިއުކްލިއާ ނޮން ޕްރޮލިފަރޭޝަން ޓްރީޓީއާ ހިލާފު ހަމަލާއެއް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާއާއި ގުޅިގެން އެ ކޮމްޕްލެކްސްގައި ރޭޑިއޯއެކްޓިވް މެޓީރިއަލް ލީކުވެފައިވާ ކަމުގެ ރިޕޯޓެއް ނެތް ކަމަށާއި އެއާއިއެކު އެ ސަރަހައްދުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC