logoEN
PNC TOP 3
އިޒްރޭލުގެ މައި އެއާޕޯޓަށް ހަމަލާދީފިން: ހަމަލާ އަމާޒުކުރީ ތެޔޮ ޓޭންކުތަކާއި ތެޔޮ ސަޕްލައިކުރާ މަތިންދާބޯޓަކަށް- އިރާން

އިޒްރޭލުގެ މައި އެއާޕޯޓަށް ހަމަލާދީފިން: ހަމަލާ އަމާޒުކުރީ ތެޔޮ ޓޭންކުތަކާއި ތެޔޮ ސަޕްލައިކުރާ މަތިންދާބޯޓަކަށް- އިރާން

އަހުމަދު ޝުރާއު

logo

3/21/2026, 9:47:23 AM

# އިރާން

އިޒްރޭލުގެ މައި އެއާޕޯޓަށް ހަމަލާއެއް ދީފައިވާކަން އިރާނުން ހާމަކޮށްފި އެވެ.

PNC MID 2

އީރާނުގެ ސިފައިންނާ ހަވާލާދީ ފާރސް ނިއުސް އެޖެންސީއިން ރިޕޯޓުކުރާ ގޮތުގައި އިރާނުގެ ސިފައިން ވަނީ އިޒްރޭލުގެ މައި އެއާޕޯޓު ބެން ގުރިއަން އެއާޕޯޓަށް ޑްރޯންތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާދީފައި އެވެ.

އެގޮތުން ހަމަލާ އަމާޒުކުރީ ތެޔޮ ޓޭންކްތަކަށާއި ތެޔޮ ސަޕްލައި ކުރާ މަތިންދާބޯޓުތަކަށް ކަމަށްވެސް ވަނީ ބުނެފައި އެވެ.

އިރާނުން މިހާރު ވަނީ މި ހަމަލާ ފޮނުވާލުމުގެ ވީޑިއޯވެސް އާންމުކޮށްފައެވެ.

View post on Twitter

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ވަނީ ފެށިފައި އެވެ. އެމެރިކާއާއި އިޒްރޭލުން ހީކުރި ގޮތާއި ހިލާފަށް އިރާނުން މި ހަމަލާތަކަށް ވަރަށް ތައްޔާރުވެގެން ތިބި އިރު ރައްދު ހަމަލާތައް އިރާނުން ދަނީ ހުއްޓުމެއްނެތި ދެމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC