
ފްލަޔާރސް ބަލިކޮށް ޓައިޓަން އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި
# ދިވެހި ކުޅިވަރު # މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026# ކ.ކާށިދޫފްލަޔާރސް އާއި ޓައިޓަން ވާދަކުރި މެޗުގެ ތެރެއިން..
ކ.ކާށިދޫގައި މިހާރު ކުރިއަށްދާ މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް ބީގެ ޓައިޓަން އާއި ފުލަޔާސް ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޓައިޓަން އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިންގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޓައިޓަން ކުޅުނު ފުރަތަމަ މެޗުގައި 0-1 ގެ ނަތީޖާއަކުން ކޮން އެފްޓީ އަތުން މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 6-1 ގެ ނަތީޖާއަކުން ޓީމު ނަމަވެސް ބަލިކޮށްފައެވެ. އަދި ގުރޫޕް ސްޓޭޖުގައި ފްލަޔާރސް ކުޅުނު ފުރަތަމަ މެޗުގައި ޓީމު ނަމަވެސް އަތުން 1-5 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ކޮން އެފްޓީ ބަލިކޮށްފައެވެ.
ކާށިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި މޮޅަ ކުޅެ ޓައިޓަން އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެޓީމަށް ލީޑު ހޯދައިދިނީ ހަސަން އިމްރާން އެވެ. އަދި އެޓީމު ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އިބްރާހިމް ހަލީމް ކާމިޔާބުކުރިއިރު އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަސަން އިމްރާން އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ޓައިޓަން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، މިމެޗުން ބަލިވި ފްލަޔާރސް އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ޓީމަކަށް ވެސް ވަނީ ސެމީފައިނަލުން ޖާގަ ލިބިފައެވެ.
19 މާރިޗް 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި، މުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.
މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ފްލަޔާރސް ބަލިކޮށް ޓައިޓަން އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި

އަބާންގެ ހަތަރު ލަނޑާއެކު އީއެކްސްއީ ކޮޅަށް ރޭންޖާރސް އިން 11 ލަނޑު ޖަހައިފި

ޓީމު ނަމަވެސް ބަލިކޮށް ކޮން އެފްޓީ އިން މުބާރާތް ނިންމާލީ މޮޅަކާއެކު

.gif&w=3840&q=75)



