
ޓީމު ނަމަވެސް ބަލިކޮށް ކޮން އެފްޓީ އިން މުބާރާތް ނިންމާލީ މޮޅަކާއެކު
# ކ.ކާށިދޫ# މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026# ދިވެހި ކުޅިވަރުކޮން އެފްޓީ އާއި ޓީމު ނަމަވެސް ވާދަކުރި މެޗުގެ ތެރެއިން..
ކ.ކާށިދޫގައި މިހާރު ކުރިއަށްދާ މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ ކޮން އެފްޓީ އާއި ޓީމު ނަމަވެސް ވާދަކުރި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކޮން އެފްޓީ އިން މުބާރާތް ނިންމާލީ މޮޅަކާއެކުގައެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކޮން އެފްޓީ ކުޅުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ޓައިޓަން އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ފްލަޔާރސް އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ގުރޫޕް ސްޓޭޖުގައި ޓީމު ނަމަވެސް ކުޅުނު ފުރަތަމަ މެޗުގައި ފްލަޔާރސް އަތުން 5-1 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ޓައިޓަން އަތުން އެޓީމު ބަލިވީ 6-1 ގެ ނަތީޖާއަކުންނެވެ.
ކާށިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ކޮން އެފްޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ކޮން އެފްޓީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ކޮން އެފްޓީގެ ޒިއާން ދެނޑު ކާމިޔާބުކުރިއިރު، ޝަހުދާން ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ޓީމު ނަމަވެސްގެ މުހައްމަދު ނައިސަމް ކަމާލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މީގެ އިތުރުން މިމެޗުގައި ޓީމު ނަމަވެސްގެ އަލީ ހާފިޒް އަދި ޒައިދު މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު މެޗު މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮން އެފްޓީގެ ޝަހުދާން އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕް ބީގެ ތިންވަނައިގައި އޮވެ ކޮން އެފްޓީ އިން މުބާރާތް ނިންމާލިއިރު. މިމެޗުން ބަލިވި ޓީމު ނަމަވެސް މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
19 މާރިޗް 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި، މުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.
މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ފްލަޔާރސް ބަލިކޮށް ޓައިޓަން އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި

އަބާންގެ ހަތަރު ލަނޑާއެކު އީއެކްސްއީ ކޮޅަށް ރޭންޖާރސް އިން 11 ލަނޑު ޖަހައިފި

ޓީމު ނަމަވެސް ބަލިކޮށް ކޮން އެފްޓީ އިން މުބާރާތް ނިންމާލީ މޮޅަކާއެކު

.gif&w=3840&q=75)



