logoEN
PNC TOP 3
ފަހަތުން އަރައި އީއެން ފުޓްބޯޅަ ޓީމު  ބަލިކޮށް ނުވަދިހަ އަށެއް ސެމީފައިނަލް ޔަގީންކޮށްފި

ފަހަތުން އަރައި އީއެން ފުޓްބޯޅަ ޓީމު ބަލިކޮށް ނުވަދިހަ އަށެއް ސެމީފައިނަލް ޔަގީންކޮށްފި

ހަސަން ޝަމްއޫން

logo

3/21/2026, 8:11:24 PM

# ކ.ކާށިދޫ# މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026# ދިވެހި ކުޅިވަރު

ނުވަަދިހަ އަށަކާއި އީއެން ފުޓްބޯޅަ ޓީމު ވާދަކުރި މެޗުގެ ތެރެއިން.

ކ.ކާށިދޫގައި މިހާރު ކުރިއަށްދާ މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް އޭގެ އީއެން ފުޓްބޯޅަ ޓީމާއި ނުވަދިހަ އަށެއް ވާދަކުރި މެޗު ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނުވަދިހަ އަށަކުން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

PNC MID 2

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ނުވަދި އަށެއް ކުޅުނު ފުރަތަމަ މެޗުގައި ޕާމް ރޭންޖާރސް އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 5-1 ގެ ނަތީޖާއަކުން އީއެކްސްއީ ބަލިކޮށްފައެވެ. އަދި ގުރޫޕް ސްޓޭޖުގައި އީއެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން އީއެކްސްއީ އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ޕާމް ރޭންޖާރސް އަތުން 3-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

ކާށިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ އަށް މިނެޓު ތެރޭގައި އީއެން ފުޓްބޯޅަ ޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނުވަދިހަ އަށަކުން ވަނީ ދެލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ނުވަދިހަ އަށަކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ނުވަދިހަ އަށެއްގެ އަހުމަދު މަޖީދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު ނަސްވާން، އަބްދުﷲ ސުޒޭރު އަދި އަކްމަލް މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި އީއެން ފުޓްބޯޅަ ޓީމުގެ ރައިހާން އިބްރާހިމް އަދި އިސްމާއިލް އަރީޝް މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނުވަދިހަ އަށެއްގެ އަހުމަދު މަޖީދު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ނުވަދިހަ އަށެއް ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، މިމެޗުން ބަލިވި އީއެން ފުޓްބޯޅަ ޓީމުން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮވެއެވެ.

19 މާރިޗް 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި، މުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.

މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC