
އިރާނުން ޑިއޭގޯ ގާސިޔާއަށް ހަމަލާދިނުން: މިއީ ނުރައްކާތެރި ފެށުމެއް، އިތުރު ހަމަލާތަކެއް އަމާޒުވެދާނެކަމުގެ ބިރު!
# އިރާން-
ރާއްޖެއާއި މާދުރު ނޫސް ސަރަހަދެއްގައި އޮންނަ ޑިއޭގޯ ގާސިއާ އަށް އިރާނުން ދިން ހަމަލާއަކީ އިރާނުން އެތަނެއް އަމާޒުކުރާނެ ހަމައެކަނި ހަމަލާ ނޫން ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ހަމަލާތަކެއް އަމާޒުވުމުގެ ބިރު އޮތް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި އެ ގައުމުން އިޒްރޭލާއި އެމެރިކާގެ މަރުކަޒުތަކަށް ދޭ ރައްދު ހަމަލާތަކުގައި ޑިއޭގޯ ގާސިއާގައި ހިންގާ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ހަމަލާއެއް ދިން ކަމަށް ބުނަނީ ރޭގެ ވަގުތެއްގައި އެވެ.
އެގޮތުން މި ހަމަލާދީފައިވަނީ އިންޓަމީޑިއޭޓް-ރޭންޖް ބެލިސްޓިކް ދެމިސައިލް ބޭނުންކޮށްގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުންނާއި ހަމަލާދީ އެގައުމުގެ ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާ ކާމިޔާބުވެފައި ނުވެއެވެ. އެގޮތުން އެއް މިސައިލް އަމާޒަށް ވާސިލުނުވަނީސް ދިމާވި މައްސަލައަކާއި ގުޅިގެން ވެއްޓުނު ކަމަށާއި ދެވަނަ މިސައިލް ހުއްޓުވުމަށް އެމެރިކާގެ މަނަވަރަކުން އެސްއެމް-3 މިސައިލް ފޮނުވި ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. މިސައިލް ހުއްޓުވުމަށް ހަމަލާދިން އެމެރިކާގެ މަނަވަރު އޮތީ ކޮން ސަރަހައްދެއްގައި ކަން އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވެއެވެ.
މިފަދަ ހަމަލާތަކާއި ގުޅޭ އިލްމީ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިރާނުން ޑިއޭގޯ ގާސިއާއަށް ހަމަލާދިނުމަށް ބޭނުންކުރާ މިސައިލްތަކާއި ރޮކެޓުތައް ދަތުރުކުރާނީ ރާއްޖޭގެ ވައިގެ ސަރަހައްދާއި ދާދި ގާތުން ރާއްޖޭގެ ހުޅަނގުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ވަރަކަށް ބޭނުން ނުކޮށްވެސް ޑިއޭގޯ ގާސިއާއަށް ހަމަލާދިނުމުގެ ފުރިހަމަ ގާބިލުކަން އިރާނުގައި ހުންނާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
މިއީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އިސްވެ އޮވެ އިޒްރާލާއި ގުޅިގެން އިރާނަށް ހަމަލާދޭން ފެށިފަހުން އިރާނުން ޑިއޭގޯ ގާސިޔާއަށް ހަމަލާއެއް ފޮނުވާާލި ފުރަތަމަ ފަހަރެވެ. ނަމަވެސް އިރާނުން ޑިއޭގޯ ގާސިއާއަށް ކާމިޔާބު ކަމާއިއެކު ހަމަލާއެއް ދިނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޑިއޭގޯ ގާސިއާ ފާހަގަވެގެން ގޮސްފައިވަނީ އެމެރިކާގެ އެންމެ ޒަމާނީ އަދި އެންމެ ގެއްލުންބޮޑު ހަމަލާތަކެއް ދޭ ބީ2 ބޮމްބާތަކުގެ "ސޭފް ހައުސް" ގެ ގޮތުގައި އެވެ. ބީ2 ބޮމްބާތަކުގެ ތާރީހުގައި މިހާތަނަށް އެންމެ ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ އިރާނުގެ ސަރަހައްދުތަކަށެވެ.
ގުޅުންހުރި

އިޒްރޭލުގެ މައި އެއާޕޯޓަށް ހަމަލާދީފިން: ހަމަލާ އަމާޒުކުރީ ތެޔޮ ޓޭންކުތަކާއި ތެޔޮ ސަޕްލައިކުރާ މަތިންދާބޯޓަކަށް- އިރާން

ޔަހޫދީންގެ އިސް ކޮމާންޑަރެއްގެ އީމެއިލް ހެކްކޮށްފި: ގަތުލުއާންމުތައް ހިންގުމަށް ހަދާފައިހުރި ޕްލޭންތައް ހިމެނޭހެން ލައްކައަށްވުރެ ގިނަ މެއިލް!

އިރާނުގެ ނިއުކްލިއާ ފެސިލިޓީއަކަށް އެމެރިކާއާއި އިޒްރޭލުން ބޮން އަޅައިފި

.gif&w=3840&q=75)



