
ނުވަދިހަ އަށެއް އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި އީއެކްސްއީ މުބާރާތުން ކަޓައިފި
# ކ.ކާށިދޫ# މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026# ދިވެހި ކުޅިވަރުނުވަދިހަ އަށަކާއި އީއެކްސްއީ ވާދަކުރި މެޗުގެ ތެރެއިން..
ކ.ކާށިދޫގައި މިހާރު ކުރިއަށްދާ މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ހަތަރު މެޗުގައި ގުރޫޕް އޭގެ ނުވަދިހަ އަށެއް އަތުން 5-1 ގެ ނަތީޖާއަކުން ބަލިވެ ބާކީ އެއްމެޗު އޮއްވައި އީއެކްސްއީ މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އީއެކްސްއީ ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން އީއެން ފުޓްބޯޅަ ޓީމު އަތުން ބަލިވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ނުވަދިހަ އަށެއް ކުޅުނު ފުރަތަމަ މެޗުގައި ޕާމް ރޭންޖާރސް އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
ކާށިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ނުވަދިހަ އަށަކުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނުވަދިހަ އަށެއް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ނުވަދިހަ އަށަކުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު މިހާފުގައި އީއެކްސްއީ އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ނުވަދިހަ އަށެއްގެ އަހުމަދު ޝާބިން އަދި އަބްދުﷲ ސުޒޭރު މިއިން ކޮންމެ ކުޅުންތެރުއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަކްމަލް މުހައްމަދު އެވެ. އަދި މީގެ އިތުރުން މިމެޗުގައި އީއެކްސްއީގެ ހަމައެކަނި ލަނޑު އެޓީމުގެ އަހުމަދު އާމިރު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނުވަދިހަ އަށެއްގެ އަބްދުﷲ ސުޒޭރު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުންބގުރޫޕް އޭގެ އެއްވަނައިގައި ނުވަދިހަ އަށެއް އޮތްއިރު، މިމެޗުން ބަލިވި އީއެކްސްއީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
19 މާރިޗް 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި، މުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.
މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ
ގުޅުންހުރި

ނުވަދިހަ އަށެއް އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި އީއެކްސްއީ މުބާރާތުން ކަޓައިފި

ފަސޭހަކަމާއެކު ޓީމު ނަމަވެސް ބަލިކޮށް ބާކީ އެއްމެޗު އޮއްވައި ޓައިޓަން އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

އީއެން ފުޓްބޯޅަ ކުލަބު އަތުން ރޭންޖާރސްއަށް ފަސޭހަ މޮޅެއް

.gif&w=3840&q=75)



