logoEN
PNC TOP 3
ފަސޭހަކަމާއެކު ޓީމު ނަމަވެސް ބަލިކޮށް ބާކީ އެއްމެޗު އޮއްވައި ޓައިޓަން އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

ފަސޭހަކަމާއެކު ޓީމު ނަމަވެސް ބަލިކޮށް ބާކީ އެއްމެޗު އޮއްވައި ޓައިޓަން އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

3/20/2026, 6:24:12 PM

# މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026# ދިވެހި ކުޅިވަރު # ކ.ކާށިދޫ

ޓައިޓަން އާއި ޓީމު ނަމަވެސް ވާދަކުރި މެޗުގެ ތެރެއިން..

ކ.ކާށިދޫގައި މިހާރު ކުރިއަށްދާ މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް ބީގެ ޓައިޓަން އާއި ޓީމު ނަމަވެސް ވާދަކުރި މެޗު ފަސޭހަކަމާއެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އެއްމެޗު އޮއްވައި ޓައިޓަން އިން ސެމީފައިންގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

PNC MID 2

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޓައިޓަން ކުޅުނު ފުރަތަމަ މެޗުގައި 0-1 ގެ ނަތީޖާއަކުން ކޮން އެފްޓީ އަތުން މޮޅުވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ޓީމު ނަމަވެސް ކުޅުނު ފުރަތަމަ މެޗުގައި ފްލަޔާރސް އަތުން އެޓީމު ބަލިވީ 1-5 ގެ ނަތީޖާއަކުންނެވެ.

ކާށިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޓައިޓަންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ޓައިޓަން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޓީމު ނަމަވެސް އިން ވަނި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ޓައިޓަންގެ ހަސަން އިމްރާން ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ވިޝާލް އަލީ އަދި އިބްރާހިމް ހަލީމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ޓީމު ނަމަވެސްގެ ހަމައެކަނި ލަނޑު އެޓީމުގެ އަހުމަދު ރާއިފް ނާޝިދު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓައިޓަންގެ ހަސަން އިމްރާން އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަަފާތުން ގުރޫޕް ބީގެ ދެވަނައިގައި ޓައިޓަން އޮތްއިރު، މިމެޗުން ބަލިވި ޓީމު ނަމަވެސް ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ލަނޑުގެ ތަފާތުން މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

19 މާރިޗް 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި، މުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.

މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC