logoEN
PNC TOP 3
އީއެން ފުޓްބޯޅަ ކުލަބު އަތުން ރޭންޖާރސްއަށް ފަސޭހަ މޮޅެއް

އީއެން ފުޓްބޯޅަ ކުލަބު އަތުން ރޭންޖާރސްއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

3/20/2026, 5:34:53 PM

# ކ.ކާށިދޫ# ދިވެހި ކުޅިވަރު # މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026

އީއެން ފުޓްބޯޅަ ކުލަބާއި ޕާމް ރޭންޖާރސް ވާދަކުރި މެޗުގެ ތެރެއިން..

ކ.ކާށިދޫގައި މިހާރު ކުރިއަށްދާ މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް އޭގެ އީއެން ފުޓްބޯޅަ ޓީމައި ޕާމް ރޭންޖާރސް ވާދަކުރި މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރޭންޖާރސް ސެމީގެ ފުރުސަތު ބޮޑުކޮށްފިއެވެ.

PNC MID 2

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އީން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން އީއެކްސްއީ ބަލިކޮށްފައިވާއިރު، ގުރޫޕް ސްޓޭޖުގައި ޕާމް ރޭންޖާރސް ކުޅުނު ފުރަތަމަ މެޗުގައި ނުވަދިހަ އަށަކާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

ކާށިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ރޭންޖާސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑަކީ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި އީއެކްސްއީގެ އިސްމާއިލް އަރީޝް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރޭންޖާރސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ރޭންޖާރސް އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 24 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް އަޖުލާން އެވެ. އަދި މިމެޗުގައި ރޭންޖާރސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަބާން މުހައްމަދު އެވެ. މިލަނޑާއެކު 3-0 ގެ ނަތީޖާއަކުން ރޭންޖާރސް މެޗު ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އަޖުލާން އަބްދުލް ހަންނާން އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނައިގައި ޕާމް ރޭންޖާރސް އޮތްއިރު، މިމެޗުން ބަލިވި އީއެން ފުޓްބޯޅަ ޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެެމެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.

19 މާރިޗް 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި، މުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.

މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC