
ޕްރައިމް ގުދަނުގައި ރޯވުން: ، ހާދިސާ ހިނގި ސަރަހައްދަށް އެއްނުވާން ފުލުހުންގެ އިލްތިމާސް!
# ދިވެހި ފުލުހުންގެ ޙިދުމަތްމާލޭގެ ޕްރައިމް ގުދަނުގައި އަލިފާން ރޯވުން :- ފޮޓޯ އަހުމަދު ރީހާން
މިރޭ މާލޭގައި ހުރި ގުދަނެއްގައި ރޯވި ހިނގި ހާދިސާއާއި ގުޅިގެން އެސަރަހައްދުގައި ދުމުގެ އަސަރުގެ އިތުރުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރުމުން އެސަރަހައްދަށް އެއްނުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ދާދި ދެންމެ އަކު ބުނީ މާފަންނު ފުލޫނިޔާމަގުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި މި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށް ވުމާއެކު، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބައެއް ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން އަދިވެސް އަލިފާން ފެތުރުމުގެ ފުރުސަތު އޮތުމާއި، ދުމުގެ އަސަރުގެ އިތުރުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެ ސަރަހައްދަށް އެއްނުވުމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކުން ދޮރުތައް ލައްޕައިގެން ތިބުމަށާއި، ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ދުމުގެ އަސަރުކުރާނަމަ، މާސްކު އެޅުން ނުވަތަ ނޭފަތާއި އަނގަ ނިވާކުރުމުގެ އިތުރުން ދަތުރުފަތުރު ކުރާ ފަރާތްތަކުން އެހެން މަގުތައް ބޭނުންކުރުމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
.gif&w=3840&q=75)






