
މާލޭގެ ޕްރައިމް ގުދަނުގައި އަލިފާން ރޯވުން :- ފޮޓޯ އަހުމަދު ރީހާން
މިރޭ މާލޭގައި ރޯވެ އަނދަމުންދާ ގުދަނުގައި ގަސްކާނާއާއި ކެމިކަލް ހުރި ކަން ކަށަވަރުވެއްޖެ އެވެ.

ރޯވެ އަނދަމުންދަނީ މާލޭގެ ތޮއިބާ މިސްކިތް ކައިރީގައި ހުރި ޕްރައިމް ކުންފުނީގެ ގުދަނެއްގައި އެވެ.
އިތުބާރުހުރި މަސްދަރަކުން ގާފު ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި ރޯވި ގުދަނަކީ ފާޓިލައިޒާގެ ގޮތުގައި ނުވަތަ ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެކެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެ ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.
އަދި އެމްއެންޑީއެފުންވެސް ވަނީ މ.ތޮއިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާކަން ކަށަވަރުކޮށްދީފައި އެވެ.
.gif&w=3840&q=75)






