logoEN
PNC TOP 3
މާލޭގެ ގުދަނެއްގައި ރޯވެ އަނދަނީ

މާލޭގެ ގުދަނެއްގައި ރޯވެ އަނދަނީ

އަހުމަދު ޝުރާއު

logo

3/18/2026, 4:40:16 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

މާލޭގެ ޕްރައިމް ގުދަނުގައި އަލިފާން ރޯވުން :- ފޮޓޯ އަހުމަދު ރީހާން

މާލޭގެ ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފި އެވެ.

PNC MID 2

މައުލޫމާތު ލިބޭ ގޮތުގައި މިރޭ އަލިފާން ރޯވެފައިވަނީ މާލޭގެ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅޭ ކަންމަތީގައި ހުރި ގުދަނެއްގައި އެވެ.

އެގޮތުން އެސަރަހައްދުގައި ހުރި ގާފުގެ ނޫސްވެރިޔާ މައުލޫމާތު ދޭގޮތުގައި އެސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ހާދިސާ ހިނގި ގުދަނުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ކުރެވިފައިނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެ ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ.

އެމްއެންޑީއެފުން ބުނީ މ.ތޮއިބާ މިސްކިތްކައިރީ ހުރި ގުދަނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީންވެސް ވަނީ މ.ޠައިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެ އޮތޯރިޓީން ހަރަކާތްތެރިވަމުންދާކަން ހާމަކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC