
1,000 ފްލެޓް އަޅަން ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
# ހައުސިންގ މިނިސްޓްރީ# ހުޅުމާލެ# ބޯހިޔާވަހިކަންހުޅުމާލެ
ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ފްލެޓް އަޅަން ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ހައުސިންގް މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން 1،000 ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން މިދިޔަ މަހުގެ 26 ވަނަ ދުވަހު އިއުލާންކުރިއިރު، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.
ނަމަވެސް މިނިސްޓްރީން އެ އިއުލާނަށް ބަދަލުގެނެސް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ. އަދި އެކަމަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ މެއިލް [email protected] އަށެވެ.
އާ އިއުލާނާ ގުޅިގެން ގެނައި ބަދަލުތަކާ ގުޅޭ މައުލޫމާތު ހޯދުމުގެ ފުރުސަތު ވަނީ މިއަންނަ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.
މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން އެންމެ ކުޑަވެގެން 950 އަކަފޫޓުގެ ތިން ކޮޓަރިއާއި އެންމެ ކުޑަވެގެން 700 އަކަފޫޓުގެ ދެ ކޮޓަރީގެ ޔުނިޓުތައް އަޅާނެ ކަމަށެވެ.
މި ސަރުކާރުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ "ބޯހިޔާވަހިކަން އެންމެންނަށް"ގެ ނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ތައާރަފުކޮށް، މިދިޔަ ޖަނަވަރީ މަހު 7،900 ފުލެޓަށާއި 15،000 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފަ އެވެ.
ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ގުޅުންހުރި

ރަށްވެހިކަން މާލެއަށް ބަދަލުކުރިތާ އަހަރެއް ނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭގޮތް ހަދައިފި

މިނިސްޓަރ މުއްޠަލިބް މާލޭގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

ބިންވެރިޔާ ޚާއްސަ ސްކީމްގެ ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 10 މޭގައި ހުޅުވާލަނީ




