
އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އިރާނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ އަލީ ލާރިޖާނީގެ ޖަނާޒާ މާދަމާ ތެހްރާނުގައި!
# އިރާންއިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އިރާނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ އަލީ ލާރިޖާނީގެ ޖަނާޒާ މާދަމާ ތެހްރާނުގައި ބާއްވަން ތާވަލުކޮށްފި އެވެ.

އީރާނުގެ ސެމީ އޮފިޝަލް ނޫސް މެހްރު ނިއުސް އިން ދާދި ދެންމެއަކު ވަނީ އެގައުމުގެ އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ ލާރިޖާނީ އަވަހާރަކޮށްލާފައިވާކަން އެ މަޖިލީހުން ކަށަވަރުކޮށްދީފައިވާކަން ހާމަކޮށްފައެވެ. މި ހަމަލާގައި އިރާނުގެ ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީވެސް ވަނީ އަވަހާރަކޮށްލާފައި އެވެ.
އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ދާދި ދެންމެ އަކު ރިޕޯޓުކުރި ގޮތުގައި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޝަހީދު އަލީ ލާރިޖާނީ އާއި ކޮމާންޑަރ އޮފް މޮބިލައިޒޭޝަން ފޯސަސް ޝަހީދު ޣުލާމް ހުސެއިން ސުލައިމާނީގެ ޖަނާޒާ ބާއްވަން މިހާރު ތާވަލުކޮށްފައިވަނީ ބުދަ ދުވަހު ބޭއްވުމަށް ނިންމާފައިވަނީ އީރާނުގެ މަނަވަރު ޑާނާގެ ޝަހީދުންގެ ޖަނާޒާއާ ދިމާކޮށެވެ.
އީރާނުގެ މަނަވަރު ޑާނާއަށް އެމެރިކާގެ ސަބްމެރިންއަކުން ހަމަލާދީ އިރާނުގެ ގިނަ ސިފައިންތަކެއް ވަނީ ޝަހީދުކޮށްލާފައި އެވެ. މި ހަމަލާދީފައިވަނީ އިންޑިއާ ކަނޑުގައި އެވެ.
އިރާނުގެ މެހެރް ނޫހުން މިހާރު ވަނީ މި ހަމަލާގައި ލަރިޖީނީގެ ދަރިކަލުން މޮރްޓެޒާ އާއި ލަރިޖީނީގެ ސެކިއުރިޓީ ޓީމްގެ އިސްވެރިޔާ އަދި އެމަނިކުފާނާއި އެންމެ އަރިސް ބްރިގޭޑިއާ ޖެނެރަލް ސައިދު ވަހީދު ފާތިމީ ނެޖާދުވެސް އަވަހާރަވިކަން ކަށަވަރުކޮށްދީފައި އެވެ.
ލަރިޖާނީއަކީ މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އިރާނުގެ އެންމެ އިސް މީހާއެވެ.
ގުޅުންހުރި

އިރާނަށް ވަރުގަދަ ބޮން ތަކެއް އޮއްސާލައިފިން، ބޮމެއްގެ ބަރުދަނުގައި 2267 ކިލޯ ހުރި - އެމެރިކާ

އިރާނުގެ ވަރަށް ކާމިޔާބު ހަމަލާއެއް ތެލް އަވީވްއަށް: ދެ ޔަހޫދީއަކު މަރާލައިިފި

އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އިރާނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ އަލީ ލާރިޖާނީގެ ޖަނާޒާ މާދަމާ ތެހްރާނުގައި!

.gif&w=3840&q=75)



