
އީރާނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލަން އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާގައި ލަރިޖާނީގެ ދަރިކަލުން މޮރްޓެޒާ ލަރިޖާނީވެސް އަވަހާރަވެފައިވާކަން އިރާނުން ކަށަވަރުކޮށްދީފި އެވެ.

އީރާންގެ ސިޔާސީ ބޭފުޅުންގެ ތެރެއިން ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ އަލީ ލަރިޖާނީ އަދި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީ ރޭގެ ވަގުތެއްގައި އަވަހާރަކޮށްލާފައިވާކަން މިއަދު ހަވީރު އިޒްރޭލުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. މިކަން ދާދި ދެންމެ އަކު އީރާނުގެ ސެމީ އޮފިޝަލް ނޫސް މެހްރު ނިއުސް އިން އެގައުމުގެ އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހާއި ހަވާލާދީ ވަނީ ކަށަވަރުކޮށްދީފައި އެވެ.
އިރާނުގެ މެހެރް ނޫހުން މިހާރު ވަނީ މި ހަމަލާގައި ލަރިޖީނީގެ ދަރިކަލުން މޮރްޓެޒާ އާއި ލަރިޖީނީގެ ސެކިއުރިޓީ ޓީމްގެ އިސްވެރިޔާ އަދި އެމަނިކުފާނާއި އެންމެ އަރިސް ބްރިގޭޑިއާ ޖެނެރަލް ސައިދު ވަހީދު ފާތިމީ ނެޖާދުވެސް އަވަހާރަވިކަން ކަށަވަރުކޮށްދީފައި އެވެ.
ލަރިޖާނީއަކީ މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އިރާނުގެ އެންމެ އިސް މީހާއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ލަރިޖާނީގެ އިތުރުން ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީވެސް ތެހެރާންގައި ސީދާ އެ ބޭފުޅުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ވަނީ ޝަހީދުކޮށްލާފައި އެވެ.
"އިއްޔެ (ހޯމަ ދުވަހު) އިޒްރޭލުގެ ވައިގެ ސިފައިން އައިޑީއެފްގެ އިންޓެލިޖެންސަށް ބަލައި، ފާއިތުވި ހަ އަހަރު ބަސީޖް ޔުނިޓްގެ ކޮމާންޑަރުކަން ކުރެއްވި ގުލާމްރޭޒާ ސުލައިމާނީއަށް ހަމަލާދީ އަވަހަރާކޮށްލާފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގުޅުންހުރި

އިރާނަށް ވަރުގަދަ ބޮން ތަކެއް އޮއްސާލައިފިން، ބޮމެއްގެ ބަރުދަނުގައި 2267 ކިލޯ ހުރި - އެމެރިކާ

އިރާނުގެ ވަރަށް ކާމިޔާބު ހަމަލާއެއް ތެލް އަވީވްއަށް: ދެ ޔަހޫދީއަކު މަރާލައިިފި

އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އިރާނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ އަލީ ލާރިޖާނީގެ ޖަނާޒާ މާދަމާ ތެހްރާނުގައި!

.gif&w=3840&q=75)



