
އީރާނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ އަލީ ލާރިޖާނީ އަވަހާރަވެެއްޖެކަން އިރާނުން ރަސްމީކޮށް އިއުލާނުކޮށްފި
# އިރާން-
އީރާނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ އަލީ ލާރިޖާނީ އަވަހާރަވެެއްޖެކަން އިރާނުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އީރާނުގެ ސެމީ އޮފިޝަލް ނޫސް މެހްރު ނިއުސް އިން ދާދި ދެންމެއަކު ވަނީ އެގައުމުގެ އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ ލާރިޖާނީ އަވަހާރަކޮށްލާފައިވާކަން އެ މަޖިލީހުން ކަށަވަރުކޮށްދީފައިވާކަން ހާމަކޮށްފައެވެ.
އެގޮތުން އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ލާރިޖީނީއަކީ އެގައުމުގެ ކުރިއެރުމަށް މަސައްކަތްކުރި ފުރިހަމަ ފަހުލަވާލެއްކަމަށާއި އޭނާއަކީ ޝަހީދެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އީރާންގެ ސިޔާސީ ބޭފުޅުންގެ ތެރެއިން ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ އަލީ ލަރިޖާނީ އަދި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީ ރޭގެ ވަގުތެއްގައި އަވަހާރަކޮށްލާފައިވާކަން މިއަދު ހަވީރު އިޒްރޭލުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަކޮށްލީ ތެހެރާންގައި ސީދާ އެ ބޭފުޅުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގަ އެވެ.
"އިއްޔެ (ހޯމަ ދުވަހު) އިޒްރޭލުގެ ވައިގެ ސިފައިން އައިޑީއެފްގެ އިންޓެލިޖެންސަށް ބަލައި، ފާއިތުވި ހަ އަހަރު ބަސީޖް ޔުނިޓްގެ ކޮމާންޑަރުކަން ކުރެއްވި ގުލާމްރޭޒާ ސުލައިމާނީއަށް ހަމަލާދީ އަވަހަރާކޮށްލާފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގުޅުންހުރި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

އެމެރިކާއާއެކު އެކުލަވާލާ އެއްބަސްވުމުގައި މާދަމާ ސޮއެއް ނުކުރާނެ - އިރާން




