logoEN
PNC TOP 3
މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

3/17/2026, 10:34:33 AM

# ރ މީދޫ

-

ރ.މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

PNC MID 2

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޡިމް އިބްރާހީމްއެވެ. އަދި އަރިހުގައި މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒާހިރު އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގަންނެވިއެވެ.

ރ. މީދޫގައި ޢިމާރާތްކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މިމަޝްރޫޢުގެ އަގަކީ، 108.9 މިލިއަން ރުފިޔާއެވެ.މި މަސައްކަތް ހަވާލުކޮށްފައިވަނީ 570 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި އަލަށް ޤާއިމްކުރެވޭ ހޮސްޕިޓަލް ޢިމާރާތާއެކު އެކްސްރޭގެ ޚިދުމަތާއި އަލްޓްރާ ސައުންޑް ސްކޭން، ޕިޒިއޯތެރަޕީގެ ޚިދުމަތްތައް އިތުރުވެގެންދާނެއެވެ. މިއާއެކު 10 ޕްރައިވެޓް ރޫމާއި އައިސީޔޫގެ އިތުރުން އޮޕަރޭޝަން ތިއޭޓަރ ހޮސްޕިޓަލް ޚިދުމަތާއެކު އިތުރުކުރެވޭނެއެވެ.

ހަމަމިއާއެކު، ޒަމާނީ ފެންވަރުގެ އީ.އާރެއް ގާއިމްކުރެވި މި ޢިމާރާތާއެކު އައިސޮލޭޓްކޮށްގެން ފަރުވާންދޭންޖެހޭ ފަރާތްތަކަށް ވަކިން ޚިދުމަތް ދެވޭނެގޮތަށް ވަކި އައިސޮލޭޝަން ފެސިލިޓީއެއްވެސް ޤާއިމްކުރެވިގެންދާނެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC