
މީދޫގައި ފުލުހަކަށް ހަމަލާދިން ކުއްޖަކު ކޮންޓްރޯލް ކުރުމަށް އަމަލުކުރި ގޮތް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަނީ
# ރ މީދޫ--
ރ މީދޫގައި ފުލުހަކަށް ހަމަލާދިން ކުއްޖަކު ކޮންޓްރޯލް ކުރުމަށް ފުލުހަކު އަމަލުކުރި ގޮތް ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމާއި އެކު ފުލުހުން އެމައްސަލަ ބަލަން ފަށާއިފި އެވެ.

ފުލުހުން މިއަދު ބުނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރ މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ކުދިބަޔަކަށް އެގޮތަށް އެކަން ނުކުރުމަށް އޮފްޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން އެކަން ނުހުއްޓާނެ ކަމަށްބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
އެހެންކަމުން ފުލުސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ފުލުސް އޮފިސަރަށް ހަމަލާދީފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ކުއްޖާއަށް ފުލުސް އޮފިސަރ އަނިޔާ ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަވެސް ތަހުގީގު ކުރަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.
އޭގެ އިތުރުން މި އެކްސިޑެންޓުގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގައި ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.
ގުޅުންހުރި

މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ރ. މީދޫގައި 450.45 ކިލޯވޮޓްޕީގެ ސޯލާ ޕީ.ވީ. ހައިބްރިޑް ނިޒާމެއް ޤާއިމުކޮށްފި

މީދޫގައި ފުލުހަކަށް ހަމަލާދިން ކުއްޖަކު ކޮންޓްރޯލް ކުރުމަށް އަމަލުކުރި ގޮތް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަނީ

.gif&w=3840&q=75)



