logoEN
PNC TOP 3
މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގެ ގުރުލުން މިއަދު ބާއްވައިފި

މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގެ ގުރުލުން މިއަދު ބާއްވައިފި

ހަސަން ޝަމްއޫން

logo

3/17/2026, 9:27:31 AM

# މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026# ދިވެހި ކުޅިވަރު

މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގެ ގުރުލުމުގެ ރަސްމިއްޔާތުގެ ތެރެއިން..

އެމްޖީ ސްޕޯޓްސް ކުލަބާއި ބެންބޫ ގުޅިގެން ކ.ކާށިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ، "މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026" ގެ ގުރުލުން މިއަދު ބާއްވައިފިއެވެ.

PNC MID 2

ކާށިދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލުންނާ ކުޅުންތެރިން ބައިވެރުވިއިރު، މިރަސްމިއްޔާތު ޝަފަރްވެރިކޮށްދެއްވީ ކ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލީ އިހްސާން އެވެ.

19 މާޗް 2026 ވަނަ ދުވަހު ފެށުމަށް ހަަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.

މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

ގުރޫޕް އޭ:

އީއެކްސްއީ

އީއެން ފުޓްބޯޅަ ކުލަބު

ނުވަދިހައަށެއް

ޕާމް ރޭންޖާރސް

ގުރޫޕް ބީ:

ޓައިޓަންސް

ނަމަވެސް

ފްލަޔާސް

ކޮން އެފްޓީ

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC