
...
ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ދިރާގު 3X3 ޗެލެންޖް ބާސްކެޓްބޯލް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

1 މާރިޗު 2026 އިން 7 މާރިޗު 2026 ގެ ނިލަޔަށް ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގައި ކުރިއަށްދިޔަ މިމުބާރާތުގައި 112 ޓީމަކުން ވާދަކުރިއިރު. ހަ އުމުރުފުރައެއްގައި ޖުމްލަ 448 ކުޅުންތެރިން ވަނީ ވާދަކޮށްފައިވެއެ.
ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީން ފަރާތުން ބާއްވަމުން އަންނަ މިމުބާރާތަކީ ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް އިތުރަށް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރުގެ މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދައިފައިވާ ޓީމުތައް:
އަންހެން ޑިވިޝަން
• 8 އަހަރުން ދަށް: ސްވިޝް• 10 އަހަރުން ދަށް: ބްލޫ ޕެންތަރސް• 12 އަހަރުން ދަށް: ވޮރިއަރސް• 14 އަހަރުން ދަށް: ދި ލޭކަރސް• 16 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް• 18 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް
ފިރިހެން ޑިވިޝަން
• 8 އަހަރުން ދަށް: ސުޕަ ސްޓްރައިކަރސް• 10 އަހަރުން ދަށް: ހޮޓްވީލަރސް• 12 އަހަރުން ދަށް: ސިލްވަރ ބްލޭޒަރ• 14 އަހަރުން ދަށް: އަރޗަރސް ބީސީ• 16 އަހަރުން ދަށް: މަލްބެރީ ސްޓްރީޓް• 18 އަހަރުން ދަށް: ލޭޒަރ
އަންހެން ޑިވިޝަން
• އަންހެން އޯޕަން: ސެސަމޭ• ޕޭރަންޓްސް: އަންރޭންކްޑް
ފިރިހެން ޑިވިޝަން
• ފިރިހެން ޑިވިޝަން 1: ކްލަބް ވަލްޗަރސް• ފިރިހެން ޑިވިޝަން 2: ލައްޓި• ޕޭރަންޓްސް: ބޯލް ބަޑީސް
ގުޅުންހުރި

ދިރާގު 3×3 ބާސްކެޓް ބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ވާދަކުރަން ޖެހިއްޖެ
.jpg&w=3840&q=75)
ނެޓްބޯޅަ: ޖޫނިއަރ ޑިވިޝަންގެ ފައިނަލުން ސްޓާރސް އާއި ނެޓް ނިންޖާސް ޖާގަ ހޯދައިފި

.gif&w=3840&q=75)



