
ނިލަންދޫ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
# ފ. ނިލަންދޫ-
ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްކިންގ ކޮމްޕެނީ، (އެމްޓީސީސީ) އާއި ހަވާލުކޮށްގެންނެވެ. އެމްޓީސީސީއާއި އެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ނިލަންދޫގައި ދަޅު މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރަން ހިއްކަނީ، އެރަށުގެ އުތުރުން 7 ހެކްޓަރުގެ ބިމެކެވެ.
މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ ކާރުޚާނާގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެެއެވެ. އަދި މި މަޝްރޫޢުގެ ދަށުން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް އެޅުމައް ވަނީ ނިންމާފައެވެ.
ނިލަންދޫގެ އިތުރުން ގދ ފިޔޯރީގައިވެސް ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއާއި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. ފިޔޯރީގައި ކުރިއަށް ގެންދާ މަޝްރޫއުގައި ދުވާލަކަށް 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ނިލަންދޫ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ނިލަންދޫގައި އަލިފާނުގެ ހާދިސާއެއް!
ފ. ނިލަންދޫގައި ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް: ޒަމާނީ ކުނި މެނޭޖްކުރުމުގެ ނިޒާމް އިފްތިތާހުކޮށްފި

.gif&w=3840&q=75)



