logoEN
PNC TOP 3
ފ. ނިލަންދޫގައި ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް: ޒަމާނީ ކުނި މެނޭޖްކުރުމުގެ ނިޒާމް އިފްތިތާހުކޮށްފި

ފ. ނިލަންދޫގައި ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް: ޒަމާނީ ކުނި މެނޭޖްކުރުމުގެ ނިޒާމް އިފްތިތާހުކޮށްފި

އަހުމަދު ޝުރާއު

logo

9/21/2025, 8:38:05 AM

# ފ. ނިލަންދޫ

-

ފ. ނިލަންދޫގައި ގިނަ ދުވަސްތަކެއް ވަންދެން ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ޤާއިމުކޮށްދެއްވި ޒަމާނީ ކުނި މެނޭޖްކުރުމުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

PNC MID 2

މި ނިޒާމް އިފްތިތާޙުކުރުމަށްޓަކައި ފ. ނިލަންދޫގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ރަށުގެ ގިނަ ރައްޔިތުންވެސް މި މުހިންމު ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

މި ޒަމާނީ ކުނި މެނޭޖްކުރުމުގެ ނިޒާމަކީ ރައްޔިތުންގެ ސިއްހަތާއި މާހައުލަށް ރައްކާތެރިކަން ލިބިދޭނެ ގޮތަކަށް ކުނި މެނޭޖްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މި ނިޒާމާއެކު ނިލަންދޫގެ ކުނީގެ މައްސަލައަށް ހައްލެއް ލިބި، ރައްޔިތުންނަށް ދުޅަހެޔޮ މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC