
ޒިކުރާ މިސްކިތް ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
'މަސްޖިދުއްޒިކުރާ' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

މިކަމަށްޓަކައި މިރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެކެވެ.
މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެއެވެ. މި މިސްކިތް ވެގެންދާނީ މާލެ ސަރަޙައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަށެވެ. މި މިސްކިތުގެ ޢަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައިއެވެ.
މިއީ މާލެ ސަރަޙައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.
ގުޅުންހުރި

ތުރާކުނުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ނިމުމަކާއި ގާތަށް!

ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އުމުރުން 16 އަހަރުގެ އަލްޙާފިޡާ ލިބާއަށް ހިތްވަރުދެއްވައިފި

އިސްދޫގައި އިމާރާތްކުރަމުންދާ މިސްކިތުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ




