
މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފޯމިއުލާ 1 އަށްވެސް: އަންނަ މަހަށް ތާވަލުކުރި ސައުދީ އަދި ބަހްރައިން ގްރޭންޑް ޕްރިކްސް ކެންސަލް ކޮށްފި
# އިރާން-
މިހާރު މެދުއިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ބަހްރެއިން އަދި ސައުދީ އަރަބިއްޔާގެ ގްރޭންޑް ޕްރިކްސް އަންނަ އޭޕްރީލް މަހު ނުބާއްވާނެ ކަމަށް ފޯމިއުލާ 1 އިން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ދުނިޔޭގެ މަޝްރޫއު ފޯމިއުލާ 1 (އެފް1) އަކީ ބައިނަލްއަގްވާމީ، އޯޕަން ވީލް، ސިންގަލް ސީޓާ އޮޓޯމޯބައިލް ރޭސިންގެ ޚާއްސަ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގެ ރޭސްތައް ބަހްރައިން އާއި ސައުދީ އަރަބިއްޔާގައި ކޮންމެ އަހަރަކުވެސް ބާއްވައެވެ.
ނަމަވެސް މި މުބާރާތް އިންތިޒާމުކުރާ އިންޓަނޭޝަނަލް އޮޓޯމޮބައިލް ފެޑެރޭޝަން (އެފްއައިއޭ) އިން ވަނީ ބަހްރައިންއާއި ސައުދީ އަރަބިއްޔާގައި ބާއްވާ މި މުބާރާތުގެ ރޭސްތައް މުއްދަތެއް ނެތް ގޮތަށް ކެންސަލް ކުރިކަން މިރޭ ރަސްމީކޮށް ހާމަކޮށްފައެވެ. ބަހްރައިން ގްރޭޑް ޕްރިކްސް އަންނަ މަހުގެ 13 ވަނަ ދުވަހަށް ތާވަލުކުރި އިރު ސައުދީ ގްރޭންޑް ޕްރިކްސް ބާއްވަން ތާވަލުކޮށްފައި އޮތީ 20 އޭޕްރިލް ގައި އެވެ.
ފޯމިއުލާ 1 ގެ ސައުދީ އަދި ބަހްރައިން ގްރޭންޑް ޕްރިކްސް ކެންސަލް ކޮށްފައިމިވަނީ އެމެރިކާ އިސްވެ އޮވެ އިޒްރޭލާއި ގުޅިގެން އިރާނަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން އިރާނުން ގަލްފުގެ ގައުމުތަކަށް ރައްދު ހަމަލާތައް ހުއްޓުމެއްނެތި ދެމުންދާތީ އެވެ. އެގޮތުން އިރާނުން އަންނަނީ ގަލްފުގައި އެމެރިކާގެ ބޭސްތައް ހުރި ގައުމުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި ބަހްރައިން ހިމެނެއެވެ.
އެފްއައިއޭއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ބަހްރެއިން އަދި ސައުދީ އަރަބިއްޔާގެ ގްރޭންޑް ޕްރިކްސް އަންނަ އޭޕްރީލް މަހު ނުބާއްވާން މިހާރު ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި އެފް2، އެފް3، އަދި އެފް1 އެކަޑަމީ ބުރުތައްވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް އޭޕްރިލް މަހުގެ ރޭސްތަކަށް އިތުރު ގޮތްތަކެއް ހޯދަމުންދާކަމަށާއި ރޭސް ބާއްވާނެ ތަންތަން ބަދަލުވި ނަމަވެސް ޝެޑިއުލްއާއި އެއްގޮތަށް މުބާރާތް ކުރިޔަށްދާނެކަންވެސް އެފްއައިއޭއިން ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި

އިރާނުގެ އައު ސުޕްރީމް ލީޑަރު މުޖޮތަބާ ޚާމަނާއީ ދުނިޔޭގައި ހުރި ކަމާއި މެދު ޝައްކު - ޓްރަމްޕު
.jpeg&w=3840&q=75)
އިރާނަށް ހަމަލާދޭން ސްވިޒަލޭންޑުގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެމެރިކާއިން އެދުމުން އެކަމަށް ސްވިސް ސަރުކާރުން ދެކޮޅު ހަދައިފި

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފޯމިއުލާ 1 އަށްވެސް: އަންނަ މަހަށް ތާވަލުކުރި ސައުދީ އަދި ބަހްރައިން ގްރޭންޑް ޕްރިކްސް ކެންސަލް ކޮށްފި
.webp&w=3840&q=75)
.gif&w=3840&q=75)



