
ހުޅުމާލެ ހޮސްޕިޓަލް
މިދިޔަ މަހުގައި ގައިން ގަޔަށް އަރާ ބަލިތައް ފެތުރުވުނު މިިންވަރު ދަށަށް ގޮސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފާސްހިސާބުތައް ނެރިފައިވާއިރު، ޖެނުއަރީ މަހަށްވުރެ ފެބްރުއަރީ މަހުގައި، ރާއްޖޭގައި އާންމުކޮށް ރިޕޯޓްކުރާ ގައިން ގަޔަށް އަރާ ބަލިތައް ރިފޯޓުކުރެވުނު އަދަދު ވަނީ ދަށްވެފަ އެވެ. އެގޮތުން އެންމެ ގިނައިން ފެބްރުއަރީ މަހުގައި ރިޕޯޓްކޮށްފައިވާ އަރިދަފުސް ރޯގާގެ ތެރެއިން ފެބްރުއަރީ މަހުގައި ރިޕޯޓްކޮށްފައިވަނީ 23573 އެވެ. އަދި ޖެނުއަރީ މަހުގައި ރިޕޯޓްކޮށްފައިވަނީ 35693 އެވެ.
ވަކިވަކި އަތޮޅުތަކަށް ބަލާއިރު ވައިރަލް ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އއ. އަތޮޅުންނެވެ. އެ އަތޮޅުން ވައިރަލް ހުމުގެ 935 ކޭސް މިދިޔަ މަހު ރިޕޯޓުކޮށްފައިވެ އެވެ. އަދި އަރިދަފުސް ރޯގާއަށް ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އދ. އަތޮޅުންނެވެ. އެއަތޮޅުން އެކަނިވެސް އަރިދަފުސް ރޯގާގެ ގޮތުގައި 1382 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.
މިދިޔަ މަހުގައި ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބޭރަށް ހިންގުމުގެ ކޭސްތަކެވެ. އެގޮތުން މިދިޔަ މަހުގައި 7196 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޖެނުއަރީ މަހުގައި ރިޕޯޓްކޮށްފައިވަނީ 8429 ކޭސް އެވެ. އަދި މިދިޔަ މަހު ބޭރަށް ހިންގުމުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކ. އަތޮޅުންނެވެ. އެގޮތުން މި ބަލީގެ 402 ކޭސް ކ. އަތޮޅުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މީގެއިތުރުން މިދިޔަ މަހުގައި ޑެންގޫ ހުން ޖެހިންގެ 412 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު، ޖެނުއަރީ މަހުގައި ރިޕޯޓްކޮށްފައިވަނީ 668 ކޭސް އެވެ. އަދި ފެބުރުވަރީމަހު ޑެންޑީހުން ޖެހިގެންވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކ. އަތޮޅުންނެވެ. އެގޮތުން ކ. އަތޮޅުން ޑެންގީހުމުގެ 55 ކޭސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ.
މިއަހަރުގެ ޖަނަވަރީމަހާ އަޅާބަލާއިރު، ފެބުރުވަރީ މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރެވުނު އަދަދު މަދުވެފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ. އެގޮތުން މިދިޔަ މަހު 8 ކޭހެއް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ ޖެނުއަރީ މަހުގައި ރިޕޯޓްކޮށްފައިވަނީ 99 ކޭސް އެވެ. އަދި މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 920 ސާމްޕަލްތަކުގެ ތެރެއިން 107 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު، މިދިޔަމަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ދަށްވިނަމަވެސް ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުންނާއި މަދިރީގެ ޒަަރިއްޔާއިން ފެތުރޭ ބަލިތަކަށް ސަމާލުވެ، ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަން އެޗްޕީއޭއިން ވަނީ ފާހަގަކުރައްވާފަ އެވެ.
.gif&w=3840&q=75)






