logoEN
PNC TOP 3
ތިން އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް!

ތިން އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް!

# އިންތިޚާބު# އިލެކްޝަން ކޮމިޝަން

-

މިއަންނަ މަހުގެ 4 ވަނަ ދުވަހުގައި އޮންނަ 3 އިންތިހާބަށް ބޭނުންވާ ވޯޓް ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

PNC MID 2

މި އަންނަ މަހުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބް އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އިންތިހާބް އެވެ. މި އިންތިހާބުތަކުގައި ވޯޓު ލުމުގެ ހައްގު 294،876 މީހުންނަށް ލިބޭއިރު، އިލެކްޝަން ކޮމިޝަންއިން ވަނީ ވޯޓުލުމަށް 588 ފޮށި ބަހައްޓަން ނިންމާފަ އެވެ.

އޭގެތެރެއިން މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް ނިންމާފައިވެ އެވެ.

މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިއަންނަ މަހުގައި އޮންނަ އިންތިހާބުތަކުގެ އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންތައްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ކަރުދާސް ޗާޕުކޮށް، ކޮމިޝަންގެ ފަރާތުން ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށް އެކަރުދާސްކޮޅެއްގައި ދެ އިންތިޚާބުކަމަށް ވެއްޖެއްޔާ ކޮންމެ އިންތިޚާބެއްގައި އެދާއިރާއެއްގައި ކާކުތޯ ވޯޓުލަނީ ވޯޓު ލާންޖެހޭ ކެންޑިޑޭޓުންގެ ނަމާއި އެތަފްސީލުތަކާއި އެއްޗިސް، އެއިން ކަރުދާހެއްގައި ޗާޕުކުރުމުގެ ތެރޭގައި ވޯޓު ކަރުދާސް ބަތިލް ކުރަން ޖެހޭ ނުވަތަ އެހެންވެސް އެކަހަލަ ކަމެއް އެއްވެސް ކަހަލަ ޑިފޯލްޓެއް އުޅޭތޯ. ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށްކުރަމުން މިދަނީ." ޒާހިދު ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވީ ޓުލާ ދުވަސް އައުމުގެ ކުރިން ވޯޓު ފޮށިތަކާއި ކަރުދާސްތައް އަދި އިދާރީގޮތުން ފޮނުވަން ޖެހޭ ތަކެތިވެސް ފޮނުވުމަށް ތާވަލްކޮށް، އެ މަސައްކަތް އޭގެކުރިން ނިންމާނެ ކަމަށެވެ.

ޒާހިދު ވިދާޅުވީ ވޯޓުލާ ދުވަހު ކޮންމެ މީހަކުވެސް ވޯޓުލާން 3 ކަރުދާސްކޮޅެއް ދެވިގެން ދާނެކަމަށެވެ. އެ 3 ކަރުދާސްކޮޅުވެސް ތަފާތު ވާނެކަމަށާއި 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް ކަމަށްވެސް ޒާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވޯޓުލާން އަންނަ ކޮންމެ މީހަކުވެސް އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ދޭ އިރުޝާދުތަކަށް ރަނގަޅަށް އަމަލުކުރުން މުހިންމު ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC