
ވޭވަށުގައި ގާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް ފަށައިފި
# މިފްކޯ# ފިޝަރީޒް މިނިސްޓްރީ# އައިސްޕްލާންޓު# މ. ވޭވަށްވޭވަށު އައިސްޕްލާންޓް ގާއިމްކުރާ ސަރަހައްދު- ފޮޓޯ: މިފްކޯ/ޕީއެސްއެމް
މ.ވޭވަށުގައި ގާއިމްކުރާ އައިސްޕްލާންޓްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ބުނީ މި މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސް، މިހާރު ކުރިއަށްދަނީ އައިސް ޕްލާންޓު އިމާރާތުގެ ފައުންޑޭޝަން މަސައްކަތްކަމަށެވެ.
މިއީ ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. އަދި މި މަޝްރޫއުގެ އެއްބަސްވުމުގައި 27 ސެޕްޓެމްބަރު 2025 ގައި ސޮއިކޮށްފައިވާއިރު، މިއީ 240 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
މި އައިސްޕްލާންޓުން ދުވާލަކަށް 60 ޓަނުގެ ފްލޭކް އައިސް އުފެއްދުމުގެ ގާބިލުކަން ހުންނަގޮތައް ގާއިމްކުރާއިރު، މި ޕްލާންޓުން 100 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީވެސް ހިމެނެ އެވެ. އެހެންކަމުން، މި އައިސް ޕްލާންޓުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ޔަގީންކަން ބޮޑުވެ، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
އައިސް ޕްލާންޓު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން 6 ރަށެއްގައި ގާއިމްކުރި އައިސްޕްލާންޓްތައް އޮޕަރޭޝަނަށް ވަނީ ގެނެސްފަ އެވެ. މިއާއެކު އުތުރާއި ހުވަދުއަތޮޅުގައި އަލަށް ގާއިމްކުރި އައިސްޕްލާންޓްތަކާއި އެ ސަރަހައްދުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބޭނެކަމަށެވެ. މީގެ އިތުރުން މިހާރުވެސް 9 އައިސްޕްލާންޓެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެ އެވެ.
ގުޅުންހުރި

ގްލޯބަލް ސީފުޑް މާކެޓްޕްލޭސް ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ސަބްސިޑައިޒް އަގުގައި މިހާތަނަށް 1.1 މިލިއަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފި - ޝިޔާމް

މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު އިސްތިއުފާ ދީފި




