logoEN
PNC TOP 3
އެއްވެސް ގައުމަކަށް ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން ފުރުސަތު ނުދެން، ދެންވެސް ނުދޭނަން!

އެއްވެސް ގައުމަކަށް ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން ފުރުސަތު ނުދެން، ދެންވެސް ނުދޭނަން!

އަހުމަދު ޝުރާއު

logo

3/12/2026, 5:38:07 PM

# ރައީސް މުއިއްޒު

-

އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންނުކުރެވޭނެ ކަމުގެ ޔަގީން ސަރުކާރުން ދީފި އެވެ.

PNC MID 2

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޚާރިޖީ ވަޒީރު ޑރ. ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންނުކުރެވޭނެ ކަމަށާއި އެފަދަ ފުރުސަތެއް މީގެ ކުރީން ވެސް ދީފައިނުވާނެ ކަމަށެވެ.

އެގޮތުން އެއްވެސް ޤައުމަކުން އެފަދަ ފުރުސަތަކަށް އެދުނު ނަމަވެސް އެ ފުރުސަތު ދެވެން ނޯންނާނެ ކަން ވެސް އަންގަމުންދާ ކަން ވަޒީރު ހާމަކުރެއްވި އެވެ.

"އެފަދަ ރިކުއެސްޓްތައްވެސް އަޅުގަނޑުމެން ރިޖެކްޓް ކުރަމުންދާކަން ތިބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަން. އެއްވެސް ޤައުމަކަށް އެކަމުގެ ހުއްދަ އެއް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ހުއްދައެއް ނުދޭކަން ތިބޭފުޅުންނަށް ދަންނަވާލަން" ވަޒީރު ހަލީލް ވިދާޅުވި އެވެ.

ސަރުކާރުން މިފަދައިން ހާމަކޮށްފައިމިވަނީ އިރާނަށް މިހާރުވެސް ހަމަލާތައް ދެމުންގެންދާ އެމެރިކާގެ އަސްކަރީ ބޯޓުތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދޮގު ހަބަރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައި އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީ އެކުލަވާލެއްވީ 28 ފެބުރުވަރީ 2026 ގައެވެ.

މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި، 9 ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި ކޮމިޓީއެކެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ކޮމިޓީގެ ޗެއަރ އަދި ޚާރިޖީވަޒީރުގެ އިތުރުން، މާލީ ވަޒީރު، މޫސާ ޒަމީރާއި، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީނާއި، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިޤު އިބްރާހީމާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެން، މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC