logoEN
PNC TOP 3
މާލޭގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެ

އަހުމަދު ޝުރާއު

logo

3/13/2026, 9:59:20 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލޭގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެ އެވެ.

PNC MID 2

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މ،ާލެ، މާފަންނު، ދަކަންދާމަގު ގައި ހުންނަ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް 2026 މާރިޗު 13 ވަނަ ދުވަހުގެ 13:01 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން ނިޔާވެފައި އޮއްވާ ފެނިފައިވަނީ ތޯތާޕަރީ / ސ.ހުޅުދޫ ، މުޙައްމަދު ނިޒާރު( 54އ) އެވެ.

ފުލުހުން ބުނީ މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC