
ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ 5 މީހަކު ނިޔާވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތްއއ ދިގުރަށުގައި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ 5 މީހަކު ނިޔާވެއްޖެ އެވެ.

މިކަން ދާދި ދެންމެ އަކު ފުލުހުންގެ މީޑިއާ އޮފިޝަލު" ގާފު" ނޫހަށް ކަށަވަރުކޮށްދީފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެ އަކު ވިދާޅުވީ އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ އެއްގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައި އެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށެވެ.
މި ހާދިސާގެ ތަހުގީގަށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 2:00 އެހައިކަންހާއިރު އެވެ. ފުލުހުން ވަނީ ރޯވި އަލިފާން މިހާރު ނިއްވާލާފައިވާކަންވެސް ހާމަކޮށްފައެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ 5 މީހަކު ނިޔާވެއްޖެ

ރޭ ފަތިހު ކުޑަ ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުތް މީހަކު ގެއްލިގެން ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީ މީދޫއިން މީހަކު ހައްޔަރުކޮށްފި

.gif&w=3840&q=75)



