logoEN
PNC TOP 3
ރޭ ފަތިހު ކުޑަ ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުތް މީހަކު ގެއްލިގެން ހޯދަނީ

ރޭ ފަތިހު ކުޑަ ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުތް މީހަކު ގެއްލިގެން ހޯދަނީ

އަހުމަދު ޝުރާއު

logo

3/12/2026, 6:25:03 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

PNC MID 2

ފުލުހުން މިރޭ ބުނީ ރ ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލުނު ކަމުގެ ރިޕޯޓް 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 20:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން ގެއްލިގެން ހޯދަމުންދަނީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް އެވެ.

ފުލުހުން ބުނީ އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި އޭނާ ނުކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ފުލުހުން ވަނީ މުޙައްމަދު އިޤްބާލާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC