
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އޭދަފުށިން މީހަކު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ބ. އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި / ދޭދަރުގެ، ޢަލީ ޝަކީބު (56އ) އެވެ. މި މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޢަލީ ޝަކީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އޭދަފުށިން މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ބައިވެެރިވުމާއިއެކު ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ އޮޕަރޭޝަން ފަށައިފި
.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން

.gif&w=3840&q=75)



