logoEN
Sto top
ސްޓޭޓް ފާމަސޫޓިކަލް އިން ގެންނަ ބޭސްތައް އެޕްރީލް މަހުގެ ތެރޭގައި ލިބޭނެ: ރައީސް

ސްޓޭޓް ފާމަސޫޓިކަލް އިން ގެންނަ ބޭސްތައް އެޕްރީލް މަހުގެ ތެރޭގައި ލިބޭނެ: ރައީސް

# ސިއްޙީ ދާއިރާ# ހެލްތު މިނިސްޓްރީ# ރައީސް މުއިއްޒު

ފޮޓޯ: ރައީސް އޮފީސް

ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ޙައްލެއް މި އަހަރު ތެރޭގައި ކަށަވަރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށް ސަރުކާރުން އުފެއްދި އާ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާރމާ) އިން މިހާރު ވަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭސްތަކުގެ ތެރެއިން މިވަގުތަށް ލިބެން ނެތް ކްރިޓިކަލް ބޭސްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އަދި މި އަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން ބޭސްތައް ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޒިންމާދާރުކަމާއެކު، ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސްޓޭޓް ފާރމާއިން މިހާރު ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކީގައި މަސައްކަތް ފަށާފައިވާކަން ރައީސްގެ ބަޔާނުގައިވެއެވެ.

މިކަމުގެ ސަބަބުން ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ ގޮތުން، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ޙައްލެ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ގޮތުން ޢުމްރާނީ އަދި ޞިއްޙީ ވަސީލަތްތައް ޤާއިމުކުރިނަމަވެސް، އެ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްދޭނޭ ޚިދުމަތްތެރީން އެކަށީގެންވާ ވަރަކަށް ނެތްނަމަ، ރައްޔިތުންނަށް އެންމެ އެދެވޭގޮތުގައި ޚިދުމަތް ނުދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، އިންސާނީ ވަސީލަތް ޤާއިމުކުރުމުގައި، އެހެން އެއްވެސް ދާއިރާއަކަށް ނުދޭ އިސްކަން ޞިއްޙީ ދާއިރާއަށް ދީ، އަތޮޅުތެރޭގައި ޞިއްޙީ ޚިދުމަތަށް 669 ޚިދުމަތްތެރީންނަށް، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް 1,042 ޚިދުމަތްތެރީންނަށް، ޖުމުލަ 1,711 ޚިދުމަތްތެރީންނަށް މިހާތަނަށް ވަޒީފާ ހަމަޖައްސައިދީފައި ވާނެ ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައިވެއެވެ.

އަދި މި އަހަރު ހުޅުވޭ އެކި މަރުކަޒުތަކާއި، ހޮސްޕިޓަލްތަކަށް އިތުރުކުރެވޭ އެކި ޚިދުމަތްތަކަށް ބޭނުންވާ 1,957 ޚިދުމަތްތެރީންނަށްވެސް އެންމެ އިސްކަންދީގެން މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ވަޒީފާ ހަމަޖައްސައިދޭނަން. އެކަމަށް ބޭނުންވާ ބަޖެޓް މި އަހަރަށް ފާސްކުރި ޞިއްޙީ ދާއިރާގެ ބަޖެޓުގައި ހިމެނިފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC