logoEN
PNC TOP 3
ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި

ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި

# އެމްޓީސީސީ# މިނިސްޓަރ އަމީން# އާރްޑީއެލް

ާއާރްޑީއެލް ފެރީ- ފޮޓޯ: އެމްޓީސީސީ

އާރްޓީއެލް މަޝްރޫއުގެ ދަށުން ފެރީގެ ހިދުމަތް ރަސްމީކޮށް ދ. އަތޮޅުގައި މިއަދު ފަށައިފި އެވެ.

PNC MID 2

މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.

ދ. އަތޮޅުގައި ތިން ރޫޓަކަށް ދަތުރުތައް ބާއްވާއިރު، ފުރަތަމަ ހަފްތާގައި ދަތުރުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހިލޭ ދަތުރުތައް ގޮތުގަ އެވެ. މިއީ ރައްޔިތުން މި ނިޒާމަށް އަހުލުވެރިކުރުވުމަށް ބާއްވާ ދަތުރުތަކެކެވެ. އަދި ދަތުރުތަކަށް އަގު ނަގަން ފަށަން ނިންމައިފައިވަނީ މި މަހުގެ 25 އިން ފެށިގެންނެވެ.

އަމީން ވިދާޅުވީ މި ހިދުމަތް ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖެ އެއްކޮށް ގުޅާލައި ނިންމާލާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރަން ނޫން ކަމަށް އަމީން ވިދާޅުވި އެވެ. ހަމައެއާއެކު ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އިތުބާރުހުރި ދަތުރުފަތުރުގެ ސަގާފަތެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް އަމީން ވިދާޅުވި އެވެ.

undefinedދ.އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމުގެ ހަފްލާގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ

ރާއްޖޭގެ ޖަޒީރާ ކަނޑުތަކަކީ އެއް ބަަޔަކު އަނެއް ބަޔަކާ ގުޅުވައިދޭ މަގުތަކަކަށް ވާންޖެހޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC