.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން
# މަސްތުވާތަކެތީގެ މައްސަލަ# ބިދޭސީން# ދިވެހި ފުލުހުންގެ ޙިދުމަތް# އެޗްއާރްސީއެމް-
މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުގައި ހުރި ބިދޭސީ މީހަކަށް ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބިފައިވާކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ބަންދުގައި ހުރި މީހަކަށް އަނިޔާ ލިބުނު ކަމުގެ މައްސަލައެއް ފެންމަތިވީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަން ފެށުމާއިއެކުގައި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެޗްއާރްސީއެމް އިން އަންގާފައިވާ ކަމަށެވެ. އަދި އެޗްއާރްސީއެމް އަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ތުހުމަތާ ގުޅިގެން ފުލުހުން ބުނީ އެމީހާ ބަންދު ކުރުމުގެ ތެރެއިން ނުވަތަ ބަންދުގައި ހުރި މުއްދަތުގައިވެސް އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ ޝަކުވާއެއް ލިބިފައި ނުވާކަމަށެވެ. އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރުވެސް އޭނާ އަނިޔާގެ އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ އޭނާ ބަންދުގައި ހުރި މުއްދަތުގައި ޑޮކްޓަރަށް ދެއްކުމަށް އެދިފައިނުވާ ކަމަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން

ފުލުހުންގެ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ވައިގެ މަގުން ރާއްޖެއަށް ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ހައްޔަރަށް!

.gif&w=3840&q=75)



